ޖަލްސާ ބޮއިކޮޓްކުރީ ސަރުކާރު ބަންދުނުކޮށް ސަރުކާރުން މަޖިލީހުގެ ގަދަރު ކުޑަކުރުމުން: އެމް.ޑީ.ޕީ

ޖަލްސާ ބޮއިކޮޓްކުރީ ސަރުކާރު ބަންދުނުކޮށް ސަރުކާރުން މަޖިލީހުގެ ގަދަރު ކުޑަކުރުމުން: އެމް.ޑީ.ޕީ

ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް. އެހެން ނަމަވެސް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވަނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫންކަމަށް.

7 months ago - 16:44
Feb 5, 2024 - 16:44

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވުމަށް މިއަދު ބޭއްވި ޖަލްސާގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޕާލިމެންޓް ގްރޫޕުން ބައިވެރިނުވީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ސަރުކާރުން މަޖިލީހުގެ ގަދަރު ކުޑަކޮށްފައިވާތީ ކަމަށް އެމް.ޑީ.ޕީގެ ޕީޖީ ގްރޫޕުން ވިދާޅުވެއްޖެއެވެ.

އެ ގްރޫޕުން މިކަން ހާމަކުރެއްވީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.

މިއަދު ބޭއްވި މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި ހުންނެވި ރައީސް މުޙައްމަދު އަސްލަމް ވަނީ އެމް.ޑީ.ޕީގެ ޕީ.ޖީ ގްރޫޕުން މިއަދުގެ ޖަލްސާގައި ބައިވެރިނުވާން ނިންމައި އެކަން ސިޓީއަކުން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ހުންނެވި ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމެންޓް ގްރޫޕުން ފޮނުއްވި ސިޓީ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްވަނީ އިއްވަވާފައެވެ.

އެސިޓީގައި އެމް.ޑީ.ޕީގެ ޕީޖީ ގްރޫޕުން ވިދާޅުވެފައިވަނީ މިއަދުގެ ޖަލްސާގައި އެ މެންބަރުން ބައިވެރިނުވާން ނިންމެވީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ޒަމާނުއްސުރެ އޮތް އޮތުން ބަދަލުކޮށް މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެދުވަހަކީ ބަންދު ނޫން ދުވަހެއް ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވުމުން ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވުނު ދުވަހު މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅައި ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ފަރާތްތައް ހިމެނޭ ގޮތަށް މަޖިލިސް ކުރާ ގެ ކައިރިއަށް މީހުން އެއްކޮށް ހަމަނުޖެހުން އުފައްދައި މަޖިލިސްކުރާ ގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސް ކަމާއި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކޮށްފައިވާތީ ކަމަށްވެސް އެމް.ޑީ.ޕީގެ ޕީ.ޖީ ލީޑަރާ ހަވާލާދީ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ މަޖިލީހަށް އިއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow