ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށް ހުށަހެޅި އިސްލާހު ބަލައިގަނެ ބިލު ކޮމެޓީއަށް

ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށް ހުށަހެޅި އިސްލާހު ބަލައިގަނެ ބިލު ކޮމެޓީއަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަމަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށް އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު.

7 months ago - 18:21
Feb 5, 2024 - 18:21

ރޯދަމަހުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަނެ ފަސް މެންބަރުންގެ ކޮމެޓީއަކަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި މި ދައުރުގެ ދެވަނަ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އެއްވެސް އިންތިޚާބެއް ރޯދަމަހުގެ ތެރޭގައި ބާއްވައިގެން ނުވާނެއެވެ.

އަދި ގާނޫނުގައިވާ ގޮތުގެމަތިން ބާއްވާ އިންތިޚާބެއް ރޯދަމަހަކާ ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަން ވާނީ ރޯދަމަސް ނިމިގެން 10 ދުވަސް ފަހުން ކަމަށް ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.

މި އިސްލާހާއެކު މަޖިލީހަށް މި ބިލު ބަލައިގަތީ 39 މެންބަރުންގެ ވޯޓުންނެވެ.

އެއާއެކު މި ބިލު ވަނީ ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވާފައެވެ.

މި އިސްލާހު ފާސްވެއްޖެ ނަމަ ރައްޔިތުގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތާރީޚު ކަމަށްވާ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ރޯދަ މަހާ ދިމާވާތީ އިންތިޚާބު ނުބޭއްވޭނެއެވެ.

ރޯދައިގެ ފަހުން އިންތިޚާބު ބާއްވާނަމަ ބާއްވާނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ވިދާޅުވެފައެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow