ބަންގަލަދޭޝް ލޭބަރުން ގެނައުމަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް – ފައްޔާޒު
ބަންގަލަދޭޝް ލޭބަރުން ގެންނަން އަނެއްކާވެސް ހުއްދަދޭން ފެށުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އިދިކޮޅު އެމް.ޑީ.ޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެ.
ބަންގަލަދޭޝް ލޭބަރުން ގެންނަން އަނެއްކާވެސް ހުއްދަދޭން ފެށުމަކީ ގާނޫނާ ޚިލާފު އަދި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އިދިކޮޅު އެމް.ޑީ.ޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ އަންސްކިލްޑް ލޭބަރުން އެތެރެކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެގައުމުން މީހުން އެތެރެކުރުމުގެ ހުއްދަދޭން ސަރުކާރުން މިއަދު ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ބިދޭސީންގެ ކޯޓާގެ ކަންކަން ކުރަމުން އަންނަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންސްކިލްޑް މަސައްކަތު މީހުން ބަންގަލަދޭޝްއިން ގެނައުމުގެ ހުއްދަ މިއަދުން ފެށިގެން ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުން އަންސްކިލްޑް ލޭބަރުން އެތެރެކުރުމުގެ ހުއްދަދިނުން މިވަގުތަށް މަޑު ޖައްސާލާފައިވާ ކަމަށްވެސް އެމިނިސްޓްރީން ވަނީ އިއުލާން ކުރައްވާފައެވެ.
ސަރުކާރުގެ ކުއްލި މި ނިންމުމާއެކު ބިދޭސީންގެ ކޯޓާގެ ކަންކަން ކުރީގެ ސަރުކާރުން ބަލަހައްޓަމުން ގޮސްފައިވާ ވުޒާރާގެ ވަޒީރު ފައްޔާޒު ވަނީ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރިއެކްޝަންސް