ނަޝީދު ސިޔާސީ ކަންކަމާ ފެއަށް ވަޑައިގަންނަވަނީ
ފޮޓޯ: ވަން އޮންލައިން

ނަޝީދު ސިޔާސީ ކަންކަމާ ފެއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިޔާސީ ދާއިރާއިން ފެއަށް ޖެހިވަޑައިގަންނަވާކަން ހާމަކުރައްވައިފި.

10 months ago - 21:17
Dec 12, 2023 - 21:29

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިޔާސީ ކަންކަމުން އެއްފަރާތަށް ޖެހިވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މިރޭ އެކްސް ގައި އާންމު ކުރެއްވި ބަޔާނެއްގައެވެ.

ނަޝީދު ސިޔާސީ މަސައްކަތް ހުއްޓަވާލައްވާކަން ހާމަކުރައްވާފައި މިވަނީ ފަހަކަށްއައިސް ސިޔާސީ ގޮތުން ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިވެވަޑައިގެންފައި ވަނިކޮށެވެ.

ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅުއްވާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

ނަޝީދު ނެރުއްވި ދެ ސަފުހާގެ ބަޔާނުގައި ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިވަޑައިގެންފައިވާ ކަމާއި އެފަރާތްތަކަކީ ހަމައެކަނި އެމަނިކުފާނަށް އެހީތެރިކަން ދެއްވި ފަރާތްތަކެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

"މި ބަޔާނުގެ ބޭނުމަކީ އަހަރުތަކަކަށް އަޅުގަނޑު ސިޔާސީ މަސައްކަތުން ދުރުވާ ކަމަށް ދެންނެވުމެވެ" ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ތަފްޞީލް އަންނަނީ...

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow