އިއްބެ – ރިޔާސީ އިންތިޚާބުގައި ފުވައްމުލަކު ދެކުނުން ހޯދި ކާމިޔާބީގެ އާރުކާޓީ
ނިމިގެންދިޔަ ރިޔާސީ އިންތިޚާބަށް ޕީ.ޕީ.އެމް ޕީ.އެން.ސީގެ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުކުންނެވީ އެ ކޯލިޝަންގެ ޙަރަކާތްތައް އަތޮޅުތެރޭގައި ވަރަށް ބޮޑަށް ވަޅުޖެހިފައި އޮތް ދަނޑިވަޅެއްގައެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބަށް ޕީ.ޕީ.އެމް ޕީ.އެން.ސީގެ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުކުންނެވީ އެ ކޯލިޝަންގެ ޙަރަކާތްތައް އަތޮޅުތެރޭގައި ވަރަށް ބޮޑަށް ވަޅުޖެހިފައި އޮތް ދަނޑިވަޅެއްގައެވެ.
ޕާޓީގެ އާންމު މެންބަރުން ތިބީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އިސްނަގައި މަސައްކަތް ކުރާނެ ލީޑަރަކަށް އިންތިހާއަށް ބޭނުންވެފައެވެ. ކެމްޕޭނެއް ކުރާނެ ގޮތެއް، ވަޞީލަތެއް، ނެތި މެންބަރުން ތިބި ހަގީގަތުގައިވެސް މާޔޫސް ވެފައެވެ. ޕާޓީގެ މެންބަރުންނަށް މަގު ދައްކައިދޭނެ ހަރުދަނާ ލީޑަރަކަށް އޮތީ ބޭނުންވަފައެވެ.
ވަޅުޖެހި ހަރަކާތް ހުއްޓިފައި އޮތް ސިޔާސީ ޙަރަކާތް ނަގައި ކޮޅަށް ޖެހުމުގެ އެންމެ އިސް ބޭފުޅަކީ ފުވައްމުލަކު ފަޅަގަޑިގެ އިބްރާހީމް ޙުސައިން ނުވަތަ "އެންމެންގެ އިއްބެ"އެވެ.
އިއްބެ ވަނީ ރިޔާސީ އިންތިޚާބުގައި ޕީ.ޕީ.އެމް ޕީ.އެން.ސީގެ ކޯލިޝަނުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ޔަގީންވުމުގެ ކުރިން ފުވައްމުލަކު ދެކުނު ދާއިރާގައި ޕާޓީގެ ހަރަކާތްތައް ދިރުވައި އާލާ ކުރަން ފަށާފައެވެ.
ވިއްސިވިހާލިވެފައިވާ ޕާޓީގެ މެންބަރުންތައް އެއްކޮށް އެކުވެރިކަން އާލާ ކުރުމުގެ މަސައްކަތް ފެށްޓެވިއެވެ. ޕާޓީގެ ޙަރަކާތްއް ހިންގުމަށްޓަކައި ޖަހަ ހަދައި ޖަގަހައިގައި ޕާޓީ ރޫހު ރައްޔިތުންގެ ހިތްތަކުގައި އާލާކޮށް ވަރުގަދަ ކުރިއެވެ. ކެމްޕައިންޓީމުތައް އެކުލަވާލައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕާޓީއަށް ތާޢީދު ހޯދުމާއި ތާޢީދު އިތުރު ކުރުމުގެ މަސައްކަތް ޓީމުތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައީ އިއްބެގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.
އެގޮތުން ރިޔާސީ އިންތިޚާބައް ޚާއްސަކޮށްގެން ފުނާޑު އަވަށުގައި ހުޅުވި ކަނދޮވަލި ޖަހަ ފާހަގަ ކޮށްލެވެއެވެ. އެޖަގަހަ ރަސްމީކޮށް ހުޅުއްވައިދެއްވީ މިހާރުގެ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދުއެވެ.
"އަޅުގަނޑުމެންގެ ވަންނާނެ ތަނެއް ނެތި މަގުމަތިވެފައި ތިއްބާ އިއްބެ އައިސް އަޅުގަނޑުމެން އަތުގައި ހިފީ. ޖަގަހަވެސް ހަދައިދިނީ. ހަރަކާތްތައްވެސް ހިންގަން ފެށީ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ އިއްބެ އަބަދުވެސް އަޅުގަނޑުމެންގެ ލީޑަރެއްގެ ގޮތުގައި އަޅުގަނޑުމެން ގޮވައިގެން އުޅެން ހުންނަން." ޕީ.ޕީ.އެމް ޕީ.އެން.ސީ ކޯލިޝަނަށް ނިސްބަތްވާ މެދު އުމުރުގެ އަންހެނަކު އިއްބެއާމެދު ޝުޢޫރު ފާޅު ކުރިއެވެ.
އެހެން މީހަކު ބުނި ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިޚާބަށްޓަކައި މިދާއިރާގެ އިތުރުން މުޅި ރަށުގެ މެންބަރުންތައްވެސް ހޭލައްވާލީ އިއްބެގެ މަސައްކަތާ ހިތްވަރުން ކަމަށެވެ.
ރައީސް ޑރ، މުޙައްމަދު މުޢިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްޓަކައި އިއްބެ މަސައްކަތް ކުރެއްވީ އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އިއްބެ ދެއްކެވި ހަރުދަނާ ލީޑަރޝިޕާއި ޕާޓީއަށާއި ރައްޔިތުންނަށްޓަކައި ވީ ގުރުބާނީގެ ސަބަބުން ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުން ތިބީ ރައްޔިތުން މަޖިލީހުގައި އެ މެންބަރުން ތަމްސީލް ކުރަންޖެހޭ މެންބަރަކީ އިއްބެ ކަމުގައި ހެދުމަށް އަތުކުރި އޮޅާލައިގެންނެވެ.
އިއްބެގެ މާލީމީ ކަމުގައި ދާއިރާގައި ފެށި ޕާޓީގެ ޙަރަކާތްއް ނިންމާލަން ރައްޔިތުން ބޭނުންވަނީ އިއްބެފަދަ ހަރުދަނާ ޝަކްސިއްޔަތެއް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރުމަށް ފަހުގައި ކަން އެރައްޔިތުން އަންނަނީ ތަކުރާރުކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި ބުނަމުންނެވެ.
ރިއެކްޝަންސް