
މޮޅަކާއެކު ބާސެލޯނާއިން ފެށުން ރަނގަޅުކޮށްފި
މަލޯކާއިން މެޗުގެ ބޮޑުބައި ކުޅުނީ 9 ކުޅުންތެރިންނާއެކު
މި ސީޒަނުގެ ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗު 3-0 ން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ. މެޗުގެ 33 ވަނަ މިނިޓްގައި މަލޯކާގެ މަނޫ މޮލާނޭސް އަދި 39 ވަނަ މިނިޓްގައި ވަދެތް މުރީގީ އަށް ދެއްކި ރަތްކާޑާއެކު މަލޯކާއިން މެޗުގެ ބޮޑުބައި ކުޅުނީ 9 ކުޅުންތެރިންނާއެކުއެވެ.
ނުވަ މިނިޓް ތެރޭގައި ދެއްކި ދެ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމާ ގުޅިގެން މޮލަނޭސް ކުޅުމާ ދުރައްދާން ޖެހުނުއިރު ބާސެލޯނާގެ ގޯލްކީޕަރު ހުއާން ގާސިއާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މުރީގީއަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޑް ރެފްރީ އަލުން ވަނީ އެކާޑު ރަތަކަށް ބަދަލުކޮށް ކުޅުންތެރިޔާ ދަނޑުން ފޮނުވާލާފައެވެ.
މެޗުގައި ބާސެލޯނާއަށް 7 ވަނަ މިނިޓްގައި ރަފީނިއާ ލީޑު ނަގައިދިނީ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. 23 ވަނަ މިނިޓްގައި ލީޑު ފުޅާ ކޮށްދިނީ ފެރަަން ޓޮރޭސް އެވެ.
މިއަދުގެ މެޗުގައި ބާސެލޯނާއާ އަލަށް ގުޅުނު މާކަސް ރަޝްފޯޑް ވަނީ އޭނާގެ ފުރަތަމަ މެޗު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެދީފައެވެ. ރަޝްފޯޑް ކުޅުމުގެ ތެރެއަށް ނިކުތީ 69 ވަނަ މިނިޓްގައި ފެރަން ޓޮރޭސް ގެ ބަދަލުގައެވެ. ރަޝްފޯޑްއަކީ 189 ގެ ފަހުން ބާސެލޯނާއަށް ކުޅޭދޭ ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާއެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ގަވީ ގެ އެހީތެރިކަމާއެކު ބާސެލޯނާގެ ތިންވަނަ ގޯލް އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޔަމާލް އެވެ.
މިއަދު ވިޔަރެއާލް އާއި ރިއަލް އޮވިއޭޑޯ ބައްދަލުކުރި މެޗު 2-0 ން ކާމިޔާބުކުރީ ވިޔަރެއާލް އެވެ.
ރިއެކްޝަންސް






