ކޫއްޑޫ އެއަޕޯރޓް ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ- މިނިސްޓަރ
ޓްރާންސްޕޯރޓް މިނިސްޓަރ އަމީން: ފޮޓޯ-ޓްރާންސްޕޯރޓް މިނިސްޓްރީ

ކޫއްޑޫ އެއަޕޯރޓް ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ- މިނިސްޓަރ

6 days ago - 20:19
Oct 12, 2024 - 20:19

ގއ.ކޫއްޑޫ އެއަޕޯރޓް ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެކަމަށް ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ. އެކްސްގައި މިނިސްޓަރ އަމީން ކޫއްޑޫ އެއަޕޯރޓްގެ ވާހަކަ ހިއްސާކުރެއްވީ އެއެއަރޕޯޓްގެ ފެންވަރު ދަށްވެ, ފްލައިޓްތަކލަށް ގެއްލުން ލިބޭތީ މޯލްޑިވިއަންގެ ދަތުރުތައް އެ އެއަޕޯރޓަށް ހުއްޓާލުމުންނެވެ.

މޯލްޑިވިއަންގެ ކޫއްޑޫ ދަތުރުތައް ހުއްޓާލި ޚަބަރެއް ހިއްސާކުރައްވާ މިނިސްޓަރ ވިދާޅުވީ އެ އެއަޕޯރޓް މެއިންޓެއިން ނުކުރާތާ ދިގު މުއްދަތެއް ވެފައިވާ ކަމަށެވެ. މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގުމުއްދަތެއްގައި އެއަރޕޯރޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ޙާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ވީގެއްލުމާ ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މިނިސްޓްރީގެ އިސް ނެގުމާއެކު،  ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓަރ އަދި  ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ދަންނަވަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ޙާލަތަށް ގެނެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

ގއ.އަތޮޅު ކޫއްޑޫ އެއަޕޯރޓަކީ އެއަތޮޅުގެ އެންމެ ބާރުބޮޑު އެއަޕޯރޓެވެ. އެސަރަހައްދުގައި އެހެން އެއަޕޯރޓްތައް ހުރި ނަމަވެސް އެންމެ ގިނަ މީހުން ދަތުރުކުރާ އެއަޕޯޓަކީ ކޫއްޑޫ އެއަޕޯޓެވެ. ކޫއްޑޫ އެއަޕޯރޓް ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރުއެވެ. އޭގެފަހުން 2017 ވަނަ އަހަރު ރަންވޭ ބޮޑުކޮށް ތަރައްޤީ ކުރިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow