ޗެލްސީން ތަށިއުފުލާލި ވަގުތުކޮޅު އަތުލުމަށްފަހު ޓްރަމްޕް މެޑަލްއެއް 'ކަޓުވާލާ' މަންޒަރު އާންމުވެއްޖެ
ކޯޓުގެ އެތެރެ ޖީބުގައި ޓްރަމްޕް މެޑަލް ފޮނުވާ މަންޒަރު. ފޮޓޯ: ދި އިންޑިޕެންޑަންޓް

ޗެލްސީން ތަށިއުފުލާލި ވަގުތުކޮޅު އަތުލުމަށްފަހު ޓްރަމްޕް މެޑަލްއެއް 'ކަޓުވާލާ' މަންޒަރު އާންމުވެއްޖެ

ޗެލްސީން ތަށި އުފުލާލި ވަގުތުކޮޅުވެސް ޓްރަމްޕް ވަނީ އެތަން ދޫކޮށް ނުގޮސް ކުޅުންތެރިންގެ ތެރޭގައި މަޑުކޮށްފައި

7 hours ago - 23:37
Jul 15, 2025 - 23:41

ފީފާ ކްލަބް ބޯލްޑްކަޕް ކާމިޔާބުކުރިން ޗެލްސީން ތަށި  އުފުލާލިއިރު ކުޅުންތެރިން އުފާފާޅުކުރި ސްޓޭޖް ދޫކޮށްދާން އިންކާރުކޮށް 'ސެލެބްރޭޝަން ހަރާބުކޮށްލުމަށްފަހު' އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުބާރާތުގެ މެޑަލްއެއް 'ކަޓުވާލާ' މަންޒަރު އާންމުވެއްޖެ އެވެ. 

އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ކުޅުންތެރިންނަށް މެޑަލް ހަވާލުކޮށް ނިމުމުން ޓްރަމްޕް ބަލާލަން ފީފާގެ ރައީސް ޖިއަންނީ އިންފަންޓީނޯ ވަނީ މެޑަލްއެއް ޓްރަމްޕްއަށް އަރުވާފައެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ މެޑަލް އަނބުރާ ދޭން އިންކާރުކޮށް ފަހުން އޭނާ ލައިގެން ހުރި ކޯޓުގެ އެތެރެ ޖީބަށް ލާ ފޮރުވާފައެވެ.

އެމެރިކާ ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި  އާދިއްތަ ދުވަހު އޮތް ފައިނަލް މެޗަށްފަހު ޓްރަމްޕް މެޑަލް އޭނާގެ ސުއިޓްގެ ޖީބަށް ލުމުގެ ކުރިން މެޑަލް އަނބުރާ ދިނުމަށް އިންފަންޓީނޯ އެދެމުންދިޔައެވެ. ނަމަވެސް ޓްރަމްޕް އަނބުރާ މެޑަލް ހަވާލުކުރަން އިންކާރު ކުރުމުން ބޯ ހޫރާލުމަށްފަހު އިންފަންޓީނޯ ވަނީ އަތުންގެ އިޝާރާތުން 'ތަމްބްސް އަޕް'އެއް ހަދާ މެޑަލް ޓްރަމްޕްގެ އަތުގައި އެވަގުތު އިހަށް ބާއްވަށް ހުއްދަ ދިފައެވެ.

Advertisement
Advertisement

ނަމަވެސް މީސް މީޑިއާގައި ވަނީ އޭގެފަހުން ޓްރަމްޕް ސިއްރުން އެ މެޑަލް ޖީބަށްލާ މަންޒަރު ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. އަދި މެޗުގެ އެއްވެސް މިނިޓެއްވެސް ނުކުޅެ މެޑަލް ހޯދުމަކީ "ވައްކަމުގެ"އަމަލެއްގޮތަށް ސޯޝަލް މީޑިއާގައި އެކަން ވަނީ ސިފަކޮށްފައެވެ.

މި ވީޑިއޯ ވައިރަލް ވެފައި މިވަނީ އެރޭ ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއަށް ތަށި ހަވާލުކުރުމަށްފަހު ސްޓޭޖް ދޫކޮށްދާން އިންކާރުކޮށް ކުޅުންތެރިން އުފާފާޅުކުރަމުން ދިޔަ އިރުވެސް އެތަނުގައިި ޓްރަމްޕް މަޑުކުރި ވީޑިއޯ ވަރަށް ބޮޑަށް ވައިރަލް ވެފައި ވަނިކޮށެވެ. އިންފަންޓީނޯ އެތައް ފަހަރެއްގެ މަތިން ޓްރަމްޕް ގެންދަން އުޅުމުންވެސް ޓްރަމްޕްވަނީ ކުޅުންތެރިންނާއެކު މަޑުކޮށްފައެވެ.

ޓްރަމްޕް ގެ މިއަމަލާއެކު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވާނުވާނޭނގުމެއްގެ ތެރޭގައެވެ. ފައިނަލް މެޗު ކާމިޔާބުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކޯލް ޕާމާވެސް ޓްރަމްޕްގެ ފަހަތުގައި ހައިރާންވެފައި ހުރި މަންޒަރު ވަނީ ވީޑިއޯތަކުން ފެނިފައެވެ. 

މުބާރާތުގެ ޓްރޮފީ ސްޓޭޑިއަމްގައި ދައްކާލުމުގެ ކުރިން 80,000 ސަޕޯޓަރުން ތިބި ސްޓޭޑިއަމްގައި ޑޭޒްން އިން ބްރޮޑްކާސްޓްކުރި ވީޑިއޯއެއގައި ޓްރަމްޕް ވަނީ އެެއީ އަސްލު ޓްރޮޕީ ނޫންކަމަށްވެސް ބުނެފައެވެ. އަދި އަސްލު ޓްރޮފީ މިހާރުވެސް އޯވަލް އޮފީހުގައި ހުރިކަމަށް އޭނާ ބުންޏެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow