ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލްގެ ނަން އިއްވައިފި
މެމްބަރު މީކާއީލް މަޖިލިހުގައި ވާހަކަދައްކަވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލްގެ ނަން އިއްވައިފި

ސައުދީ އަރަބިޔާއާ އޮތް ގުޅުން ދަނީ އިތުރަށްވެސް ބަދަހިވަމުން-މިނިސްޓަރ

3 hours ago - 09:25
Aug 13, 2025 - 09:26

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ ނަން އިއްވައިފިއެވެ.

މަޖިލިހުގެ ރިޔާސަތުން އަބްދުއްރަހީމް ޢަބްދުالله މެންބަރު މީކާއީލް އަހުމަދު ނަސީމްގެ ނަން އިއްވެވީ ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލްއާ ކުރެއްވި ސުވާލަކަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވުމާއެކު އަޑުގަދަ ކުރައްވަމުން ގެންދެވުމުންނެވެ. ނަސޭހަތްތެރިވުމަށްފަހު މީކާއީލްގެ ނަން އިއްވެވުމުން އެމްޑީޕީގެ އެހެން ބައެއް މެންބަރުންވެސް ނުރުހުން ފާޅުކުރައްވާ އަޑިގަދަ ކުރެއްވިއެވެ.

މެންބަރު މީކާއީލް ކުރެއްވި ސުވާލަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ބުނެ, މެއި 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފައިވާ "ޕްރިންސް" ފަހަދް ސަހުދު އަލްޝަލަން އާ ބައްދަލުކުރެއްވި ޚަބަރު ރައީސް އޮފީހުގެ ސައިޓުންނާއި ފޮރިންގ މިނިސްޓްރީނެގ ސައިޓުންވެސް ޑިލީޓް ކުރެއްވީ އެއީ ސަރުކާރަށް ހެއްދެވުނު ގޯހެއްކަމަށް ގަބޫލުކުރައްވާތީ ތޯއެވެ.

މަޖިލިހުގެ ރިޔާސަތުން ވިދާޅުވީ އެސުވާލަށް ވަޒީރު ޖަވާބު ދެއްވި ކަމަށެވެ. ފޮރިންގ މިނިސްޓަރ ޚަލީލް މިއަދު ވިދާޅުވީ ސައުދީ އަރަބިޔާއާ އޮތް ގުޅުން ދަނީ އިތުރަށް ބަދަހިވަމުން ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow