
އިންޑިޔާ އައުޓް ޓީޝާރޓް ލައިގެން އަޅުގަނޑު ހުއްޓާ ނުފެންނާނެ- ފޮރިންގ މިނިސްޓަރ ޚަލީލް
އިންޑިޔާއާ ރާއްޖެއާ ދެމެދު ވަރުގަދަ ގުޅުމެއް އަބަދުވެސް އޮންނަން ޖެހޭ
އިންޑިޔާ އައުޓް ޓީޝާރޓް ލައިގެން ހުންނަވަނިކޮށް ސޯޝަލް މީޑިޔާއިން ނުފެންނާނެ ކަމަށް ފޮރިންގ މިނިސްޓަރ ޚޑރ.ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ "އިންޑިޔާ އައުޓް' ޖެހި ޓީޝާޓެއް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިޔާއިން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވެ އެކަމާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލިހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ ޚަލީލް ވިދާޅުވީ އިންޑިޔާ އައުޓް ޓީޝާރޓް ލައިގެން ހުންނަވަނިކޮށް ފެނިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލާ ގުޅުންހުރި ޓީޝާރޓެއްގައި ހުންނަވަނިކޮށް ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ މިނިސްޓަރ ޚަލީލް ވިދާޅުވީ އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
އެކަން މިނިސްޓަރ ފާހަގަކުރެއްވީ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ކުރެއްވި ކަމެއްގެ ގޮތުގައެވެ. މިނިސްޓަރ ވިދާޅުވީ އިންޑިޔާއާ ރާއްޖެއާ ދެމެދު ވަރުގަދަ ގުޅުމެއް އަބަދުވެސް އޮންނަން ޖެހޭ ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކާ ރާއްޖެއާ ދޭތެރޭވެސް އޮންނަންވާނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަށް އެހީތެރިވެދޭ ގައުމުތަކާ ރާއްޖެއާ ދޭތެރޭވެސް އޮންނަންވާނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އިސްލާމީ އުއްމަތާ އިސްލާމީ ގައުމުތަކާ ރައްޖެއާ ދެމެދުވެސް އޮންނަންވާނީ ވަރަށް ވަރުގަދަ ގުޅުމެއްކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
" އެއީ މިގުޅުންތަކުގެ މަތީގައި ދިވެހިރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދެވޭނީ, ހާސިލް ކުރެވޭނީ. ރާއްޖޭގެ ރައްޔިތުން އެދޭ މިންވަރަށް އެދޭ ގޮތަށް ހޯދައިދެވޭނީ." ވަޒީރު ވިދާޅުވިއެވެ.
ރިއެކްޝަންސް






