ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާ މާލިއްޔަތު ކޮމިޓީ އަށް އަޒާން ހަމަޖައްސަވައިފި
އަޒާން މަޖިލިހުގެ ޖަލްސާއެއްގައި: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާ މާލިއްޔަތު ކޮމިޓީ އަށް އަޒާން ހަމަޖައްސަވައިފި

4 hours ago - 09:21
Aug 19, 2025 - 09:22

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާ މާލިއްޔަތު ކޮމިޓީ އަށް އަހުމަދު އަޒާން މަރުޒޫގު އަލުން ހަމަޖައްސަވައިފި އެވެ.

ކުރިންވެސް ހިމެނިވަޑައިގެންނެވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް އަޒާން ހަމަޖެއްސެވީ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލްގެ ބަދަލުގައެވެ. އަޒާން ކުރިން އެކޮމިޓީން ބަދަލުކުރީ ޕީއެންސީގެ ވިޕްލައިނާ ހިލާފަށް ވޯޓް ދެއްވި ވަގުތެއްގައެވެ. ނަމަވެސް އެބަދަލަކީ އެކަމާ ގުޅިގެން ގެންނެވި ބަދަލެއް ކަމަކަށް ޕީއެންސީން ނުބުނެއެވެ.

މާލިއްޔަތު ކޮމިޓީއަށްވެސް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ވަނީ ހަމަޖައްސަވާފައެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނުގެ ބަދަލުގައެވެ. އަޒާން މިފަހުން ގެންދެވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ނިންމެވުންތަކާ ދެކޮޅަށް ބަސް ބުނަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow