މީޑިޔާ ތަކުގެ ކަންބޮޑުވުން އޮތް ބިލް މަޖިލިހަށް ހުށަހަޅައިފި
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާނު އަބޫބަކުރު

މީޑިޔާ ތަކުގެ ކަންބޮޑުވުން އޮތް ބިލް މަޖިލިހަށް ހުށަހަޅައިފި

ބިލްގެ ބަހުސް ފަށައިފި

4 hours ago - 09:29
Aug 19, 2025 - 09:33
Advertisement
Advertisement

މީޑިޔާ ތަކުގެ ކަންބޮޑުވުން އޮތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް މަޖިލިހަށް ހުށަހަޅައިފި އެވެ. މިބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާނު އަބޫބަކުރެވެ. އޭނާ އަކީ އަމިއްލަ މެންބަރެކެވެ. ނަމަވެސް މަސައްކަތް ކުރައްވަނީ ސަރުކާރާއެކުއެވެ.

ބިލް ހުށަހެޅުއްވުގެ ގޮތުން މެންބަރު ވިދާޅުވީ މިއީ ނޫސްވެރިކަމަށް އިތުބާރު ހޯދައިދޭ ބިލެއް ކަމަށެވެ. ނޫސްވެރިން ޒިންމާދާރު ވާން ޖެހޭ ކަމަށާއި, ދޮގު ޚަބަރު ފަތުރަން ޖާގަ އޮވެގެން ނުވާނެކަމަށް ވިދާޅުވިއެވެ. ފަތުރާ ކޮންމެ ހަބަރެއް ވާން ޖެހޭނީ ތެދު ހަބަރެއް ކަމަށާއި, އެހެން ނޫންނަމަ ބޮޑަތި މައްސަލަތަކެއް ކުރިމަތިވާނެކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ މިބިލަކީ އެކަމަށް ހައްލު ހޯދައިދޭނެ ބިލަކަށް ކަމަށެވެ. މެމްބަރު ވިދާޅުވީ ބިލްގެ ބޭނުމަކީ މީޑިޔާ ބާރުވެރިކުރުވަން ހުށަހެޅި ބިލެއް ކަމަށެވެ.

މިބިލް ތަޅުމަށް ހުށަހެޅުވުމުގެ ކުރިން މީޑިޔާ ތަކުންނާއި މޯލްޑިވްސް މީޑިޔާ ކައުންސިލާ މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީޑިޔާ ކައުންސިލާއި ޖަރނަލިސްޓް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާންވެސް ނެރެފައެވެ.

ބިލްގައި ހުރި ކަމަށް ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުންނާއި, ރައްޔިތުންގެ މަޖިލިހުން ކަނޑައަޅުއްވާ މެންބަރުންނާއެކު ކޮމިޝަންގެ ކޮންޓްރޯލް ސަރުކާރަށް ގޮސް, މީޑިޔާތައް ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ލިބުން ހިމެނެއެވެ.

Advertisement
Advertisement

އަދި ކޯޓު މެދުވެރިކޮށް ނުސްތައް އުވާލުމާއި, ސަސްޕެންޑް ކުރުން ފަދަ އަދަބުތައް ކަނޑައެޅިފައި ވުމަކީވެސް ކަންބޮޑުވުމެކެވެ. މީޑިޔާ ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ މި ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން  މީޑިއާތައް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް  ހުރަސް އެޅި، ވަރަށް ބޮޑަށް ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ލިބިދޭނެ ކަމަށް ކައުންސިލުން ދެކޭ ކަމަށެވެ.

ނޫސްވެރިން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް  ހާމަ ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،  ބިލު އެކުލަވާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށް ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ގާނޫނުއަސާސީގެ ރޫހާވެސް ހިލާފަށް އޮތް މި ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި މި ކައުންސިލުން ދެކެމެވެ. އަދި މިއީ ބުރަ މަސައްކަތުން ހޯދައިފައިވާ ނޫސްވެރިކަމުގެ  މިނވަންކަން އެތައް އަހަރެއް ފަހަތަށް ގޮސް، ބައިނަލްއަގުވާމީ  ނޫސްވެރިކަމުގެ  އިންޑެކްސްގައި ރާއްޖެ މިހާރު ލިބިފައި އޮތް ދަރަޖަ  ވަރަށް ބޮޑަށް ވެއްޓިގެން ދާނެ ކަމެކެވެ." ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ

70 ސަފްހާގެ ބިލްގައި އަދިވެސް ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް ކައުންސިލުން ބުނީ އެކަންކަން ދިރާސާކުރަމުންދާ ކަމަށެވެ.

ބިލްގައި ވާގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން އުފެދުމުން މީޑިޔާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އުވޭނެއެވެ. ބިލްގެ ބަހުސް ވަނީ މިއަދު ފަށާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement