އަދުލު އިންސާފް ގާއިމް ކުރުމުގައި ޖަވާބުދާރީ ވާނީ ރައްޔިތުންނަށް- ރައީސް
މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް އިންޓަރވިއު ދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

އަދުލު އިންސާފް ގާއިމް ކުރުމުގައި ޖަވާބުދާރީ ވާނީ ރައްޔިތުންނަށް- ރައީސް

11 hours ago - 18:31
Apr 27, 2025 - 18:31
Advertisement
Advertisement

އަދުލު އިންސާފް ގާއިމް ކުރުމުގައި ޖަވާބުދާރީ ވާނީ ހަމައެކަނި ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ޤާނޫނު ދަމަހައްޓާ, އިންސާފް ޤާއިމްކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒު އެމަނިކުފާނުގެ މައްޗަށް ނޯންނާނެކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުންނެވެ.

 ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކުރުމުގައި އެމަނިކުފާނު ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށްކަމަށެވެ. މިއަދުގެ ސަރުކާރަކީ ޢަދުލު އިންސާފު ޤާއިމްކުރާނޭ ސަރުކާރެއްކަމުގެ ޔަގީންކަން މިއަދުވެސް އެމަނިކުފާނު ދެއްވިއެވެ.

މިހާރު މާލޭގައި ޒުވާނުން ކުރިއަށްގެންދާ މުޒާހަރާތަކަށް އިޝާރާތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ހަޤީޤީ ކަންބޮޑުވުންތަކެއް ހުރިކަމަށާއި އެކަންކަން އަޑުއައްސަވައި، ޙައްލު ހޯއްދަވައިދެއްވައި، ރޫލް އޮފް ލޯ ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނޭކަމަށެވެ. ހުރިހާ ހާލަތެއްގައިވެސް ޢަދުލު އިންސާފު ޤާޢިމްކުރައްވާނޭކަމަށާއި، ވަކި ފަރާތަކަށް ހިމާޔަތް ދިނުމަކީ މިސަރުކާރުން ކުރާނޭ ކަމެއް ނޫންކަމުގެ ޔަގީންކަން ތަކުރާރު ކުރެއްވިއެވެ.

" އަޅުގަނޑަކަށް މުހިއްމެއް ނުވާނެ އެއްވެސް މީހަކު ހިމާޔަތްކުރުމެއް. ނޫނީ އެއްވެސް މީހަކުދެކެ ކަންބޮޑުވެގެން ބިރުން އިންސާފް ޤާއިމްކުރަން, ނޫނިއްޔާ އަދުލުވެރިކަމާއެކު ކަންކަން ކުރުމުގައެއް އަޅުގަނޑަކަށް މުހިއްމެއް ނުނާނެ." ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

މިހާރު ޤައުމުގައި އުފެދިފައިވާ ސުވާލުތަކަކީ ޖަވާބުލިބެންޖެހޭ ސުވާލުތަކެއްކަމަށް ޤަބޫލުކުރައްވާކަމަށާއި، އެސުވާލުތަކަށް ޖަވާބު ހޯދުމަށް މިހާރު އެކުލަވާލައްވާފައިވާ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގުން އެސުވާލުތަކަށް ޖަވާބުލިބި، އަޅަންޖެހޭ ތަންފީޒީ ފިޔަވަޅުތައް އަޅުއްވާނޭކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ އެންމެ އިސް ޒިންމާއަކީ، ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކުރުންކަމަށެވެ. ޤައުމުގެ ޙައްޤުގައި އަޅުއްވަންޖެހިވަޑައިގެންނެވި ފިޔަވަޅުތައް މިހާރުވެސް ވާނީ އަޅުއްވާފައިކަމަށާއި، އެފިޔަވަޅުތަކަކީ ޤައުމުގެ ސަލާމަތާއި، އަމާންކަމާއި، ތަރައްޤީއަށްޓަކައި އަޅުއްވާފައިވާ ފިޔަވަޅުތަކެއްކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement