ވާނީގައި ތަމްރީނު ހަދަމުން ދަނިކޮށް, ހާލުދެރަވި މީހާ މަރުވެއްޖެ
ާހާލުދެރަވީ ވާނީގައި ތަމްރީނު ހަދަމުން ދަނިކޮށް

ވާނީގައި ތަމްރީނު ހަދަމުން ދަނިކޮށް, ހާލުދެރަވި މީހާ މަރުވެއްޖެ

11 months ago - 18:25
May 7, 2025 - 18:27
Advertisement
Advertisement

ވާނީގައި ތަމްރީނު ހަދަމުން ދަނިކޮށް, ހާލުދެރަވި މީހާ މަރުވެއްޖެއެވެ. މަރުވީ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް (34އ) އެވެ.

ގާއިސް މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާއިސް އަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. ގާއިސް ހާލުދެރަވީ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީނު ހޯދަމުން ދަނިކޮޑށެވެ.

ގާއިސް ހާލުދެރަވެފައިވާކަން ފާހަގަކުރެވުނީ އާދިއްތަ ދުވަހު ފަތިހު ކޯދުގެ ބައިވެރިންނަށް ގޮވަމުން ދިޔައިރު ޚަބަރެއް ނުވެގެން ކަމަށް ފުލުހުން ކުރިން ވިދާޅުވިއެވެ. ފުރަތަމަ ފަރުވާ ދިނީ ވާނީގެ މެޑިކަލް ރޫމްގައެވެ. އޭގެފަހުން ކައިރިގައި އޮތް ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިމަޖެންސީގައި މާލެ ގެނައީ މިމަހު 4 ވަނަ ދުވަހުއެވެ.

ފުލުހުން ވަނީ ގާއިސްގެ ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތައުޒިޔާ ކިޔާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement