ޕީއެންސީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފި
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ މައުލޫމާތު ހިއްސާ ކުރަނީ: ފޮޓޯ-ޕީއެންސީ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފި

20 days ago - 09:34
Advertisement

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފި އެވެ. އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބާއްވަން އިއުލާނުކުރި އިންތިޚާބު ފަސްކުރީ ނޮވެމްބަރު މަހަށެވެ. އިންތިޚާބު ބާއްވަން ޕީއެންސީން ކަނޑައެޅި އާ ތާރީޚަކީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހެވެ.

ޕީއެންސީން އިއްޔެ ބުނީ މިބަދަލާއެކު މަގާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. ޕީއެންސީން ބުނީ އިންތިޚާބު ފަސްކޮށް ކުރިމަތިލާން އިތުރު މުއްދަތު ދިނީ މަގާމްތަކަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުގެ އަދަދު އިތުރުވުމުން އެފުރުޞަތު ދިނުމަށް ކަމަށެވެ. މިގެނައި ބަދަލާއެކު އޮކްޓޯބަރު 24 ވަނަ ދުވަހުގެ 18:00 ގެ ކުރިން ޕާޓީގެ މެމްބަރުޝިޕް ފޯމް ފުރިހަމަކޮށް ޕާޓީ އޮފީހަށް ހުށަހަޅާ މެމްބަރުންނަށް އިންތިޚާބުގައި ވޯޓް ލެވޭނެ ކަމަށް ޕީއެންސިން ބުންޏެވެ.

ޕީއެންސީން ހުޅުވާލާފައިވަނީ ދާއިރާތަކުގެ ރައީސުންނާއި, ނައިބު ރައީސުންނާއި, ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސް އާއި, އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް އާއި ސްޓިއަރިންގ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރުމަށެވެ. ސްޓިއަރިންގ ކޮމިޓީ ތަކަށް ކޮމިޓީގެ ޢާއްމު މެމްބަރުންނާއި, ޒުވާނުންގެ މެމްބަރާއި, އަންހެނުންގެ މެމްބަރު އިންތިޚާބު ކުރެއެވެ.

ދާއިރާގެ ރައީސްގެ އިންތިޚާބު ބާއްވަނީ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުގެ ގޮތުގައި ޕީއެންސީގެ މެމްބަރުން ނެތް ދާއިރާ ތަކުގައެވެ. މަޖިލިހުގައި ޕީއެންސީ ތަމްސީލް ކުރާ މެމްބަރުންގެ ދާއިރާތަކުގެ ރައީސުންނަނީ މަޖިލިސް މެމްބަރެވެ.

Advertisement

ޕީއެންސީން އަމާޒު ހިފާފައިވަނީ 75000 މެމްބަރުންނާއެކު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އެޕާޓީ ހެދުމަށެވެ. މެމްބަރުޝިޕް އިތުރުކުރުމުގެ ފުޅާ ހަރަކތެއް އެޕާޓީން ކުރިއަށް ގެންދެއެވެ. އެޕާޓީގެ އެތެރޭގެ އިންތިޚާބު ވާނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބަށް ކަމަށް ޕީއެންސީން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement