ފުރްގާން މިސްކިތުގެ ހުރުމަތް ކެނޑި މީހަކު 15 ދުވަހަށް ބަންދުކޮށްފި

ފުރްގާން މިސްކިތުގެ ހުރުމަތް ކެނޑި މީހަކު 15 ދުވަހަށް ބަންދުކޮށްފި

1 hour ago - 09:56
Advertisement
Advertisement

މާލޭގެ މަސްޖިދުލް ފުރްގާންއަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގި މީހަކު ފުލުހުން ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ.


ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ 2، 02-13، ނައުޝާދު މޫސާ (32އ) އެވެ.


ނައުޝާދު ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 10 ވަނަ ދުވަހުގެ ފަތިހު 04:14 އެހައިކަންހާއިރު މަސްޖިދުލް ފުރްގާންއަށް ވަދެ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފަށް އަދި މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް މިސްކިތް ތެރެއަށް ބޮޑުކަމުދިޔަ ކަމުގެ ތުހުމަތުގައެވެ.


ފުލުހުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement