"އަހަރެމެން ދެން ކާންޖެހޭނީ ވެލިކަންނޭނގެ": ޣައްޒާގެ މަންމައެއް
ޣައްޒާގެ އާއިލާއެއް އެކުގައި ކެއުމަށް އިންސާފު ކުރަނީ. ދުވާލަކު އެއްއިރުވެސް ރަނގަޅަށް ނުކައި. ފޮޓޯ: އޭޕީ

"އަހަރެމެން ދެން ކާންޖެހޭނީ ވެލިކަންނޭނގެ": ޣައްޒާގެ މަންމައެއް

10 hours ago - 16:11
Apr 27, 2025 - 16:16

އިޒްރާއިލްއިން ޣައްޒާ ބަންދުކޮށް ކާނާއާއި ފެން, އަދި ތެލާއި ބޭހުގެ އެއްވެސް މިންވަރެއް ޣައްޒާއަށް އެތެރެވުން މަނާކޮށްފައިވާތާ 60 ދުވަސް ވަނީއެވެ.

މީގެ މާނައަކީ ޣައްޒާގައި ދިރިއުޅޭ ފަލަޞްޠީނުގް 2.3 މިލިއަން މީހުން މިހާރު ދިއިރުޅެމުންދަނީ ކާނާގެ ގޮތުގައި އާންމުން ކައިއުޅޭ ހަނޑޫ, ކިރު, މޭވާ އަދި ތަރުކާރީގެ ބައިވަތްތައް ނުލައެވެ. ހަމައެކަނީ ދަޅުކާނާއަށް ބަރޯސާވެގެން ދެ މިލިއަން ރައްޔިތުން ދިރިއުޅޭތާ ދެ މަސް ވަނީއެވެ. ޕާނާއި ބިހަކީ ޣައްޒާގައި ކެއުމުގެ މުހިއްމު ބައެއް ނަމަވެސް މިއީ ޣައްޒާގައި މިހާރު ތަދު ބާވަތްތަކެވެ.

ބާޒާރުގައި ތަރުކާރީގެ މަދު ބާތެއް ލިބެން ހުރިނަމަވެސް މީހަކަށް ގަނޭވޭވަރަށް ވުރެ ބޮޑަށް އަގުތައް ވަނީ އުފުލިފައެވެ. މުޅި ޣައްޒާގެ އިންސާނީ ހާލަތު ދަށަށް ގޮސްފައިވާއިރު އެންމެ ބޮޑު އިމްތިހާނެއް ކުރިމަތި ވެފައިވަނީ ޣައްޒާގެ މަންމަ އިންނަށެވެ. އެމީހުންގެ ޅަ ދަރިންނަށް ކާނެ އެއްޗެއް ނުދެވި ބަނޑުހައިކަންމަތީގައި ދަރިން ނިންދަވަން ބޭއްވުމަކީ އެއްވެސް މަޔަކު ހިތަށް ކުޅަދާނަވާނެ ކަމެއްނޫނެވެ.

ފާއިތުވި ހުކުރު ދުވަހުވެސް މަރިޔަމް އަލް-ޖަނަރް ގެ އާއިލާގއި ތިބޭ 11 ކުޑަކުދިން ކެއީ ދުވާލަކު އެންމެ ފަހަރަކު އެވެ. ކުޑަ ބަތްކޮޅަކާއި, ދަޅުގައި ބަންދުކޮށްފައިހުރި ފެހިއޮށާއި ކެރެޓްކޮޅެކެވެ. ޣައްޒާގެ ކުޑަކުދިންވެސް މިހާރު ތިބޭނީ ދުވާލު އެއް އިރުވެސް ރަނގަޅަށް ނުކައެވެ.

Advertisement
Advertisement

ހުކުރު ދުވަހަކީ އެހެން މުސްލިމު ޤައުމުތަކޭ އެއްފަދައިން ފަލަޞްޠީނަށްވެސް ދީނީގޮތުން ހާއްސަ ދުވަހެކެވެ. އާއިލާއާއެކު މަހާއި, ތަރުކާރީ އަދި ބަތުގެ ބާވަތްތަކަށް އިންސާފުކުރާ ދުވަހެކެވެ. "އެކަމަކު އަހަރެމެން ހުކުރުދުވަހުވެސް މިހާރު ކަނީ މި. މި ފަހަރުގެ ހަނގުރާމައިގެ ކުރިން ދަޅުކާނާއަކީ އަހަރެމެންގެ ކެއުމުގައި ހިމެނޭ އެއްޗެއް ނޫން. އެކަމަކު މިހާރު މިނޫން ކާނާއެއް ނެތް" އެސޯސިއޭޓް ޕްރެސް އަށް ނަޖަރް ބުންޏެވެ.

ފަލަޞްޠީނުގެ އެހެން މަންމައެއް ބުނި ގޮތުގައި އޭނާގެ އާއިލާއަށް ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީއެއްވެސް ނުލިބޭކަމަށެވެ. ނަމަވެސް ބައެއްފަހަރު ކޮމިއުޓީ ބަދިގެތަކުން ބަހާ މުގާއި ޕާސްތާ ލިބޭކަމަށެވެ. ބައެއް ފަހަރު ޕާނެއް ލިބޭކަމަށާއި, އެފަދަ ވަގުތުތަކުގައި ސަޔާ ފޯކޮށްފައިއޭނާގެ ދަރިންނަށް ދޭ ކަމުގައެވެ.

"އަހަރެމެންނަކަށް ފައިދާހުރި ކާނާގެ އެއްވެސް އެއްޗެއް ނުލިބޭ" ޣައްޒާއިން ކާބޯތަކެތި އެއްކޮށް ހުސްވެއްޖެނަމަ އޭނާގެ ދަރިންނަށް ކާންދޭނެ އެއްޗަކާ މެދު އިންތިހާއަށް ކަންބޮޑުވެފައި ހުރި މަންމައަކު ބުނީ އެމީހުން "ދެންކާންޖެހޭނީ ވެލިކަންނޭނގެ" ކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow