
ވަގަށް އެތެރެކުރަން އުޅުން 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެނެފި
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ރޭގެ ވަގުތެއްގައި އަތުލައިގަންފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ ސިނގިރޭޓްތައް ފެނުނީ ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ޕުލައިވުޑް ޝިޕްމެންޓެއްގެ ތެރެއިންކަމަށެވެ..
40 ފޫޓުގެ ދެ ކޮންޓެއިނަރަކުން 1,360 ކޭސް ސިނގިރޭޓު ފެނުނު ކަމަށާއި، އަދި ސިނގިރޭޓުތަކުގެ ޑިއުޓީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާއި ގުޅިގެން، ވަގަށް ސިނގިރެޓް އެތެރެކުރުން ވަރަށް ބޮޑަށް އާއްމުވާން ފަށާފައެވެ. އެގޮތުން ދާދިފަހަކުން ވަނީ އެއާޕޯޓުން ސިނގިރެޓް ބޭރުކުރަން އުޅުނު ބަޔަކު އަތުލައި ގަނެފައެވެ.
ރިއެކްޝަންސް






