ފަސްތަރީގެ މޮޅަކާއެކު ލިވަޕޫލުން ޕްރިމިއަރ ލީގު ތަށި އުފުލާލައިފި
ލީގުތަށި އުފުލާލުމަށްފަހު ލިވަޕޫލްގެ ފޭސްބުކްގައި އަޕްލޯޑްކޯށްފައިވާ ފޮޓޯ

ފަސްތަރީގެ މޮޅަކާއެކު ލިވަޕޫލުން ޕްރިމިއަރ ލީގު ތަށި އުފުލާލައިފި

8 hours ago - 22:56
Apr 27, 2025 - 22:57

ޕްރިމިއަރ ލީގުގެ މިސީޒަނުގައި ލިވަޕޫލް ކުޅުނު ފަހު މެޗުގައި 5-1 ން ޓޮޓްނަމް ހޮޓްސްޕަރ ބަލިކޮށް ލިވަޕޫލްއިން ލީގު ތަށި އުފުލާލައިފިއެވެ. 15 ޕޮއިންޓްގެ ސާފު ލީޑަކާއެކު ލީގު ތަށި ލިވަޕޫލްއިން އިން އުފުލާލިއިރު ލީގުގައި ކުޅުނު 34 މެޗުން 82 ޕޮއިންޓް ލިވަޕޫލް ވަނީ ހޯދާފައެވެ. ލިވަޕޫލްއިން ލީގު ކާމިޔާބުކުރި އިރު އެއްމެޗު ބާކީ އެބައޮތެވެ.

ލިވަޕޫލްގެ ދަނޑު, އެންފީލްޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ޓޮޓްނަމްއިންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޖޭމްސް މެޑިސަން ތަނަވަސްކޮށްދިން ފުރުޞަތުގައި މެޗުގެ ފުރަތަމަ އަދި ޓޮޓްނަމްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮލާންކޭއެވެ.

ނަމަވެސް ލިވަޕޫލްއިން ގިނަ ވަގުތު ބޭކާރުނުކޮށް އޭގެ ހަތަރު މިނިޓްފަހުން ޑޮމިނޮކް ޒޮބޮސްލައީ ގެ އެހީތެރިކާމާއެކު ލުއިޒް ޑިއަޒް ވަނީ ލިވަޕޫލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ 24 ވަނަ މިނިޓްގައި ރަޔަން ގްރަވެންބާޗް ތަނަވަސްކޮށްދިން ފުރުޞަތުގައި ލިވަޕޫލްއަށް ލީޑު ނަގައިދިނީ އެލްކްސިސް މެކް-އެލިސްޓަރ އެވެ. އަދި ކޯޑީ ގަޕްކޯ ވަނީ ކޯނަރަކުން ގޯލެއް ކާމިޔާބުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ 3-1 ށް ބަދަލުކޮށްލާފައެވެ.

Advertisement
Advertisement

މެޗުގައި ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރި ޒޮބޮސްލައީ ގެ އެހީތެރިކަމާއެކު ލިވަޕޫލްގެ ހަތަރުވަނަ ގޯލް މެޗުގެ 63 ވަނަ މިނިޓްގައި ކާމިޔާކުރީ މުޙައްމަދު ޞަލާޙްއެވެ. ގޯލަށްފަހު ސަލާޙްވަނީ ފޭނެއްގެ ފޯނު ހޯދައިގެން ފޭނުންނާއެކު ސެލްފީއެއް ނަގާފައެވެ. މިއީ 2017ގައި ލިވަޕޫލް އާ ގުޅުނު ޞަލާހް އެޓީމާއެކު އުފުލާލާ ފުރަތަމަ ޕްރިމިއަރ ލީގެވެ. 

ލިވަޕޫލްއިން ފުލުފުލުގައި ދެމުންދިޔަ ހަމަލާތައް ދިފާއުކުރުމުގައި ޓޮޓެންހަމްގެ ޑިފެންސް ވަރުބަލިވަމުން ދަނިކޮށް ގަޕްކޯ ސަލާޙްއަށް ދިން ހުރަހެއް ދިފާއުކުރުމުގެ ތެރޭގައި ހެދުނު ގޯހަކުން ޓޮޓްނަމްގެ ޑިފެންޑަރު ޑެސްޓިނީ ޔުޑޯގީ އަތުން ބައިކޮޅަށް ވައިން ގޯލާއެކު ލިވަޕޫލްއިން މެޗު ކާމިޔާބުކުރީ 5-1 ންނެވެ.

ލިވަޕޫލްގެ ސަޕޯޓަރުންގެ 'ޗެމްޕިއަން' ސްޓޭޑިއަމްގައި ގުގުމަމުން ދިޔަ އަޑާއެކު މެޗު ނިމެން ކުޑަތަންވަމުން ދިޔައިރު ރަތްކުލައިގެ ފުއްޕާހަންތަކާއި އުފާފާޅުކުރުމުގެ އެހެނިހެން ތަކެއްޗާއެކު ސްޓޭޑިއަމް އަށް އޮތީ އީދެއް އައިސްފައެވެ. ބައެއް ފުއްޕާހަންތައް ދަނޑުމައްޗަށް އެޅުމާއެކު ވަގުތުކޮޅަކަށް ކުޅުން މެދުކަނޑާލަންވެސް ޖެހުނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow