ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައް އެލްޖީއޭ އިން ކައުންސިލްތަކަށް ހަނދާންކޮށްދީފި
ސިޓީތަކާބެހޭ ވަޒީރާއި އެލްޖީއޭގެ ސީއީއޯ ބައްދަލުވުމެއްގައި: ފޮޓޯ-އެލްޖީއޭ

ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައް އެލްޖީއޭ އިން ކައުންސިލްތަކަށް ހަނދާންކޮށްދީފި

8 months ago - 18:31
Aug 18, 2025 - 18:31
Advertisement
Advertisement

ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް ހަނދާންކޮށްދިފިއެވެ.

ކައުންސިލްތަކަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ދައުރު ހަމަވާން 365 ދުވަހަށް ވުރެ މުއްދަތު ކުރުވެއްޖެ ނަމަ މާލީ ކަންކަންކަން ހިންގުމާ ބެހޭ ވުޒާރާ އާއި އެލްޖީއޭ ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން މެނުވީ ނުކުރެވޭނެ ކަންކަން ހުރި ކަމަށެވެ. އެކަންކަން އެލްޖީއޭގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދާއިމީ އަދި ކޮންޓްރެކްޓް އުސޫލުން ވިޔަސް މުވައްޒަފުން ނެގުން ހުއްޓުވުމާއި, ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް, ފަޅެއް އަދި ފަރުގެ ސަރަހައްދެއްވެސް ކުއްޔަށް ދިނުން ހުއްޓުމެވެ. އަދި ތަރައްޤީގެ ޕްލޭނުގައި ހިމަނާފައި ނުވާ އާ މަޝްރޫއެއް ފެށުންވެސް ޤާނޫނުން މަނާވާނެކަން ވަނީ ހަނދާންކޮށްދީފައެވެ.

އެލްޖީއޭގެ ސިޓީގައި ވިދާޅުވެފައިވަނީ ޤާނޫނުގައި ބުނާ އުސޫލު އެކުވަލާލުމުގެ މަސައްކަތް އެއޮތޯރިޓީ އާއި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދަވާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement