އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ ރައީސް މުއިއްޒުގެ އާ ބައްދަލުކުރައްވައިފި
ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފިސް

އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ ރައީސް މުއިއްޒުގެ އާ ބައްދަލުކުރައްވައިފި

7 hours ago - 12:14
Jul 17, 2025 - 12:37
Advertisement
Advertisement

އިނގިރޭސިވިލާތުގެ ސެކްރެޓަރީ ފޮރ ފޮރިން, ކޮަމަންވެލްތް އެންޑް ޑިވެލޮޕްމަންޓް, ޑޭވިޑް ލެމީ ދިވެހިރާއްޖޭގެރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މަތީފެންވަރުގެ ބައްދަލުވުންތަކަކަށް އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ރައީސް އާއި ލެމީ ބައްދަލުކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ބައްދަކުވުމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބައްދަލުވުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކޮށް ހަރުދަނާކުރުމާގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވި ކަމަށެވެ. އިނގިރޭސިވިލާތާއި ދިވެހިރާއްގެ އާ ދެމެދު ސިޔާސީ ގުޅުންގާއިމްކުރިޔާ މިމަހު 26 ވަނަ ދުވަހު 60 އަހަރު ފުރޭނެއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި މޫސުމަށްއަންނަ ބަދަކުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމާއި, ތައުލީމާއި ސްކޮލަޝިޕްގެ ފުރުޞަތުތަކާއި, އިއާދަކުރަނިވި ހަކަތަ އިތުރުކުރުމާއި, މަސްވެރިކަމާއި މިނޫންވެސް ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް ރައީސް އޮފީސްގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement