މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިސްފި
މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިސްފި

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިސްފި

ތައިލޭންޑުގެ ސުޓާޕާ އަމޯންވިވަތުގެ މިދަތުރަކީ އޭނަގެ ދެވަނަ ދަތުރު

2 months ago - 22:19
Jun 28, 2024 - 01:13
Advertisement

މިއަހަރު ރާއްޖެ އައި 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިސްފި އެވެ.

ސިންގަޕޫރު މަގުން މިއަދު އައި 1 މިލިއަންވަނަ ފަތުރުވެރިޔާއަކީ، ތައިލޭންޑުގެ ރައްޔިތެއް ކަމުގައިވާ، ސުޓާޕާ އަމޯން ވިވަތު އެވެ. އޭނާއާއެކު އޭނާގެ ފިރިމީހާއާއި ދެ ކުދިން ވެސް ރާއްޖެ އައެވެ. މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރެވެ

ރާއްޖެ އަންނަ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް، ކޮންމެ އަހަރަކު ވެސް ވަރަށް ހޫނު މަރުހާބާއެއް، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާ ގުޅިގެން ކިޔަ އެވެ. އެގޮތުން މިއަހަރު ވެސް، މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ އަދި ކަމާބެހޭ އެކުއެކި އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. 

Advertisement

ސަގާފީ އައިޓަމްތަކަކުން މަރުޙަބާ ކިޔުމަށް ފަހު،1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ، ކަސްޓަމްސް، އިމިގްރޭޝަން އަދި ޓީއެމްއޭއިން އެކިއެކި ހަދިޔާތައް ދިނެވެ.

ސަރުކަރުން މިއަހަރު ރާއްޖެ ގެންނަން އަމާޒް ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިންނެވެ. އެގޮތުން މިއަހަރުގެ އަމާޒުގެ ދެބައިކުޅަ އެއްބައި މިއަދު މިވަނީ ހަމަވެފަ އެވެ. 

މިދިޔަ އަހަރު 1 މިލިއަން ވަނަ ފަތުރުވެރިޔާ އައީ ޖުލައި 16 ގައެވެ. މިއަހަރު 1 މިލިއަން ފަތުރުވެރިޔާ މިއައީ، މިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް، 3 ހަފުތާ ކުރިން ޖޫން 27 ގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement