ޣައްޒާގެ ރައްޔިތުން މޫދަށް އެރުމާއި މަހަށްނިކުތުންވެސް އިޒްރާއިލްއިން މަނާކޮށްފި
ޣައްޒާގެ ކުޑާކުދިންތަކެއް މޫދަށް ފުންމަނީ. ފޮޓޯ: އަލީ ޖާދުالله, ޣައްޒާ

ޣައްޒާގެ ރައްޔިތުން މޫދަށް އެރުމާއި މަހަށްނިކުތުންވެސް އިޒްރާއިލްއިން މަނާކޮށްފި

ފާއިތިވި 24 ގަޑިއިރުގެ ތެރޭގައި 90 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި

6 hours ago - 11:55
Jul 17, 2025 - 12:40

ޣައްޒާގެ ރައްޔިތުން މޫދަށް އެރުމާއި މެޑިޓޭރޭނިއަން ކަނޑަށް މަހަށް ނިކުތުންވެސް ސަޙްޔޫނީ ދައުލަތުން މަނާކޮށްފިއެވެ. އިޒްރާއިލްއިން ވަނީ  ކަނޑުގެ ސަރަހައްދުން އެއްވެސް މީހަކު ފެނިއްޖެނަމަ މަރާލާނެކަމުގެ އިންޒާރު ދީފައެވެ. 

"ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް ކަނޑުގެ ސަރަހައްދުގައި ވަނީ އަޅާފައި. އެއްވެސް ހާލެއްގައި ކަނޑަށް ނިކުތުމަނީ މަނާކަމެއް" އިޒްރާއިލްގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވީޝޭ އެޑްރާއި އަރަބި ބަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

ފޯސްޓްގައި އިތުރަށް ބުނެފައިވަނީ "މިއީ މަސްވެރިންނަށާއި މޫދަށް އެރޭ ފަރާތްތަކަށާއި, ޑައިވަރުންނަށް - މޫދަށް އެރުން މަނާކޮށް އަންގާ އެންގުމެއް. މޫދާއެކު ޣައްޒާގެ އަތިރިމައްޗަށް ނިކުތުންވެސް އެއީ ފުރާނައަށް ނުރައްކާހުރި ކަމެއްކަމަށް އަންގަން" މިހެންނެވެ.

Advertisement
Advertisement

ޣައްޒާގެ ރައްޔިތުންނަށް އާގޮތަށް ދިރިހުރުން ދަތިކުރަން އިޒްރާއިލްއިން ކޮންމެ ދުވަހަކު މަސައްކަތް ކުރަމުންދާއިރު ޤަތުލްއާންމަށް ކުޑަވެސް މަޑުޖެހުމެއް ނެތެވެ. ފާއިތުވެދިޔަ 24 ގަޑިއިތުތެރޭގައި 90 އަށްވުރެ ގިނަ މީހުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުން ޝަހީދުކޮށްލާފައެވެ. އޭގެތެރެއިން 30 މީހުން ޝަހީދުކޮށްލާފައިވަނީ އެހީލިބިގަތުމަށް ކިއޫގައި ތިއްބާ އެތަންތަނަށް ދިން ހަމަލާތަކުގައި ކަމުގައި ޣައްޒާގެ ހެލްތު މިނިސްޓރްީން ވަނީ ބުނެފައެވެ.

ޣައްޒާއަށް މިއީ ހޫނު ގަދަ ދުވަސްކޮޅެކެވެ. ހޫނުމުން 35 ޑިގްރީ ސެލްސިއަސްއިން މަތީގައި ހުންނައިރު ހޫނުން ސަލާމަތްވުމަށް ޣައްޒާގެ ގިނަ ކުޑަކުދިން ވަރަށް ގިނައިން މޫދަށް އެރެއެވެ. ހާއްސަކޮށް ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް މިހާރު ދިރިއުޅެނީ އައްސޭރިފަށުގެ ޓެންޓްތަކުގައި ކަމަށްވާތީ ދިރިއުޅެނީ މޫދާ ވަރަށް ކައިރީގައެވެ.

"މިއީ ސަލާމަތީ މައްސަލައެއް ނޫން. މިއީ އިޤްތިޞާދީ, އިޖްތިމާއީ އަދި ސައިކޮލޮޖިކަލް ވޯފެއާއެއް. ލަސްލަހުން އަހަރެމެން ނޭވާހާސްކޮށްލުމަށް ބޭނުންކުރަންފެށި ހަތިޔާރެއް" އިޒްރާއިލްގެ އިންޒާރާ ގުޅިގެން ޣައްޒާގެ މަސްވެރިންގެ ޔޫނިއަންގެ އިސްވެރިޔާ ބުނެފައި ވެއެވެ.

އިޒްރާއިލްއިން 2007 ން ފެށިގެން ވަނީ ކަނޑުމަގުންވެސްް ޣައްޒާ ބަންދުކޮށްފައެވެ. ބައިނަލްއަޤުވާނީ ޤާނޫނުގައި ބުނާ 200 ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ޣައްޒާގެ ރައްޔިތުންނަށް މަހަށް ނިކުތުމުގެ ހުއްދަ އިޒްރާއިލް އާއި މިޞްރުން ދީފައި އޮންނަނީ ޣައްޒާގެ އައްސޭރިފަށާ އެންމެ 20 ކިލޯމީޓަރާ ހަމައަށެވެ. 

ޣައްޒާގެ އައްސޭރިފަށުގައި 5 ކުދިންނާއެކު, އާއިލާގެ 45 މީހުން ޓެންޓެއްގައި ދިރިއުޅޭ މުންތިރު އަޔަޝް, 45 ބުނީ އޭނާގެ އާއިލާ ދިރިތިބެނީ މަސްވެރިކަމުން ލިބޭ އެއްޗަކުންކަމަށާއި, ކަނޑަށް ނިކުތުން ބަންދުކުރުމަކީ އެމީހުން ބަނޑަށް ޖެއްސުންކަމަށެވެ.

ޣައްޒާއަކީ މަސްވެރިން ގިނަ, އަމުދުން މިހާރު މަސްވެެރިކަމުން ލިބޭ އެއްޗަކުން ބަނޑުފުރާން މުއްތިކުރަމުންދާ ބަޔަކު ދިރިއުޅޭ ތަނެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow