ޓްރަމްޕްގެ ފަހު އިންޒާރު ހަމާސް އަދި ޣައްޒާއަށް: ރަހީނުން ދޫކޮށް ޣައްޒާއިން ފައިބާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: ރޮއިޓާސް

ޓްރަމްޕްގެ ފަހު އިންޒާރު ހަމާސް އަދި ޣައްޒާއަށް: ރަހީނުން ދޫކޮށް ޣައްޒާއިން ފައިބާ

3 days ago - 12:12
Mar 6, 2025 - 12:14

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހު އިންޒާރު ހަމާސްއަށާއި ޣައްޒާއަށް ދީފިއެވެ. ވައިޓްހައުސް ޓެގްކޮށް މީސް މީޑިއާއަށް ދޫކޮށްލި ޕޯސްޓްގައި ވަނީ މަރުވެފައިވާ މީހުން ހިމެނޭހެން ހުރިހާ ރަހީނުން ދޫކޮށް ހަމާސްއިން ޣައްޒާއިން ފޭބުމަށް ޓްރަމްޕް އަމުރުކޮށްފައެވެ.

ޓްރަމްޕް އަންގާ ގޮތަށް ކަން ނުކޮށްފި ނަމަ ހަމާސްގެ އެއްވެސް މެމްބަރަކަށް ސަލާމަތެއް ނެތްކަމަށާއި, މަރުވެފައިވާ އެންމެންގެ ހަށިތައްވެސް ވަގުތުން ވަގުތަށް ހަވާލުކުރުމަށްވެސް އަމުރުކޮށްފައި ވެއެވެ.

"މިއީ ކަލޭމެންނަށް ދޭ ފަހު އިންޒާރު. ލީޑަޝިޕުން ޣައްޒާއިން ފައިބަންވީ ވަގުތު މީ. އަދިވެސް ވަގުތު އެބައޮތް" އިޒްރާއިލްއަށް ހަމާސް ނެތިކޮށްލުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއް އެމެރިކާއިން ފޮނުވާނެ ކަމަށްބުނެ ހަމާސްއަށް އެޑްރެސްކޮށް މީސްމީޑިއާގައި ޓްރަމްޕް ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވެއެވެ.

ޓްރަމްޕްގެ މި މެސެޖް އާންމުކޮށްފައި މިވަނީ އެމެރިކާއިން ހަމާސްއާއެކު ސީދާ މަޝްވަރާތައް ކުރަމުންދާކަމަށް ވައިޓްހައުސްއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement
Advertisement

ޓްރަމްޕް މީސްމީޑިއާއަށް ދޫކޮށްލި ޕޯސްޓްގައިވަނީ ޣައްޒާއަށްވެސް ވަރުގަދަ އިންޒާރެއް ދީފައެވެ.  

"ޣައްޒާގެ ރައްޔިތުންނަށް. ރީތި މުސްތަޤުބަލެއް ކުރިމަތީގައި އެބައޮތް. އެކަމަކު އެއީ ރަހީނުން ހިފަހައްޓައިގެން ނުތިބޭނަމަ. ރަހީނުން މިނިވަން ނުކުރާނަމަ ސަލާމަތެއް ނެތް! ސްމާޓްކޮށް މިކަން ނިންމާލާ. ހަމަ މިހާރު ރަހީނުން މިނިވަންކުރޭ. އެހެންނޫނީ ފަހުން ދައްކަންޖެހޭ އަގު އަންދާޒާވެސް ނުކުރެވޭނެ" މެސެޖުގައި ވެއެވެ.

ޣައްޒާގެ ރައްޔިތުންނަށް މާ ރީތި މުސްތަޤުބަލެއް އޮތްވާހަކަ ޓްރަމްޕް ބުނާއިރު ޓްރަމްޕް ވެރިކަމާ ހަވާލުވި ހަފުތާގައި ވަނީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބާލާ ޣައްޒާ އޭނާގެ 'އަމިއްލަ' ތަނެއްގެ ގޮތުގައި ތަރައްޤީ ކުރާނެ ކަމަށް ބުނާ ޕްލޭނެއް އާންމުކޮށްފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އެނބުރި އެބިމަށް އާދެވޭނެ ފުރުޞަތު ނެތްކަމަށްވެސް ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ ބުނެފައެވެ. އެހެންކަމުން ޣައްޒާގެ ނަޞްލުނައްތާލަން މަސައްކަތްކުރާ މީހަކަށް ޣައްޒާއަށް ހޯދައިދެވޭނީ ކޮން އުޖާލާ މުސްތަޤުބަލެއް ތޯ މިވަނީ ސުވާލުމާކެއްގެ ތެރޭގައެވެ.

ޓްރަމަޕްގެ ޕްލޭނަށް އިޒްރާއިލް ފިޔަވައި މުޅި ދުނިޔެ އިން ފާޑުކިޔަމުން ދަނިކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއި) ބޭނުންކޮށްގެން "ޓްރަމްޕްގެ ޣައްޒާ" ފެންނަ ގޮތުގެ "ހިޔާލީ" ވީޑިއޯއެއްވެސް ވަނީ އާންމުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow