
ބަންގަލަދޭޝްގެ ކުރީގެ ރައީސް ހަސީނާގެ ސަޕޯޓަރުންނާއި ފުލުހުންގެ ކުރިމަތިލުމެއްގައި 3 މަރު
އަވާމީ ލީގުގެ އެކްޓިވިސްޓުން ދިޔައީ ދަރިވަރުންގެ ޕާޓީ ގެ ރެލީއަކަށް ހުރަސްއަޅަމުން
ބަންގަލްދޭޝްގެ ސަލަމާތީ ބާރުތަކާއި މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޝެއިޙް ހަސީނާގެ ސަޕޯޓަރުންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކެއްގައި 3 މީހަކު މަރުވެ, އެތައްބަޔަކު ޒަހަމްވެއްޖެއެވެ. ހާދިސާގައި ތިން މީހަކު މަރުވެފައިވާކަން ގޯޕަލްގަންޖް ޑިސްޓްރިކްޓްގެ ނަރުހުން ވަނީ އޭއެފްޕީއަށް ކަށަވަރުކޮށްދީފައެވެ.
މި ހަމަނުޖެހުންތައް ހިނގާފައިވަނީ ބަންގަލޭޝްގެ ދެކުނުގެ ޓައުނެއްކަމަށްވާ ގޯޕާލްޖަންޖްގައި އެގައުމުގައި އެންމެފަހުން އުފެއްދި ނެޝަނަލް ސިޓިޒަންސް ޕާޓީ (އެންސީޕީ) ގެ ރެލީއެއް ކުރިއަށް ދަނިކޮށް އެކަމަށް އަވާމީ ލީގުގެ އެކްޓިވިސްޓުން ހުރަސްއަޅަން މަސައްކަތްކުރުމުންނެވެ.
އެންސިޕީއަކީ ހަސީނާގެ ވެރިކަން ވައްޓާލުމަށް ބަންގްލަދޭޝްގައި ދިގު މުޒާހަރާތަކެއް ކުރުމުގައި އިސްކޮށްއުޅުނު ކިޔަވާކުދިން އުފެއްދި ސިޔާސީ ޕާޓީއެކެވެ.
ފުލުހުންނާއި ހަސީނާގެ ސަޕޯޓަަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ވީޑިއޯތަކުގައި ފެންނަގޮތުން އެކްޓިވިސްޓުންދިޔައީ ދަނޑިބުރިތަކަކުން ފުލުހުންނަށް ހަމަލާދެމުންނެވެ. އެމީހުންވަނީ ފުލުހުންގެ ވެހިކަލްތަކުގައިވެސް ރޯކޮށްލާފައެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އެ ޑިސްޓްރިކްޓްގައި މިހާރުވަނީ ކާފިއު އިއުލާންކޮށްފައެވެ.
ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު ވަގުތީގޮތުން ސަރުކާރު ހިންގުމާ ހަވާލުވެހުންނެވި މުޙައްމަދު ޔޫނުސް ވިދާޅުވީ ހަސީނާގެ ޕާޓީގެ އެކްޓިވިސްޓުން އެންޕީސީގެ ރެލީއަށް ހުރަސް އަޅަން މަސައްކަތް ކުރުމަކީ "އަސާސީ ހައްޤުތަކަށް ހުރަސް އެޅުމުގެ ލަދުވެތި އަމަލެއް" ކަމަށެވެ.
"މި ޖައްބާރު އަމަލު ހިންގި މީހުންނަށް ހައްޤު އަދަބުދޭނަން" ނޯބަލް ޕީސް އިނާމު ހޯދާފައިވާ ޔޫނުސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެންޕީސީގެ ކޯޑިނޭޓަރު ހަސްނަތު އަބްދުالله ބުނީ ރޭ އެމީހުން ތިބީ ޕްލިސް ސްޓޭޝަނުގައި ފުލުހުންގެ ހިމާޔަތް ހޯދައިގެން ކަމުގައެވެ. "އެމީހުން ވަނީ އަހަރެމެން ދިރިތިއްބާ އަންދާލާނެކަމަށް ބުނެ އިންޒާރުދީފައި" ފުލުހުންގެ ހިމާޔަތުގައި ތިބި ސަބަބު ހާމަކޮށްދެމުން އޭނާ ބުނެފައި ވެއވެެ.
ރިއެކްޝަންސް






