ގޫގުލް އެކައުންޓްތައް ހެކްކުރުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ
އަމިއްލަ އެކައުްނޓުތައް ބޭނުންކުރުމުގައި ސަމާލްކަން ދޭންޖެހޭ / ފޮޓޯ: ސޯސަލް މީޑިއާ

ގޫގުލް އެކައުންޓްތައް ހެކްކުރުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

6 hours ago - 11:54
Jul 17, 2025 - 12:46
Advertisement
Advertisement

ސްކޭމް ލިންކުތައް ބޭނުންކޮށްގެން ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފައެވެ.

އެ ސެންޓަރުން ނެރުނު އިއުލާނެއްގައި ބުނީ "ގެދޮރުވެރިޔާ ޕޯޓަލް" އަށް ލޮގިންވުމަށް ކަމަށް ބުނެ ފޮނުވާ ސްކޭމް ލިންކުތަކުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުންތައް ލިބެމުންދާ ކަމެށެވެ.

މިފަދަ ލިންކުތަކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވުމަށް އެދޭ އުސޫލުން އޮޅުވާލާފައިވާ ސަފްހާތައް ފެންނަކަމަށާއި، އަދި އެފަދަ ސަފްހާތަކަށް ލޮގިން ކޮށްފިނަމަ، ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަށް ވަގަށް ލިބޭނެކަމަށް ފުލުހުން ބުންޏެވެ. ސައިބާ ކްރައިމް ސެންޓަރުން އިތުރަށް ބުނީ، ގެދޮރުވެރިޔާ ޕޯޓަލްއިން އާންމުކޮށް އެއްވެސް ލިންކެއް ނުފޮނުވާނެ ކަމަށާއި، އެ ޕޯޓަލްއަކީ އީފާސް  މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ.

ވީމާ، މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓްތަކުގެ "ޓޫ ފެކްޓާ އޮތެންތިކޭޝަން ހެއްދެވުމަށް ސައިބާ ކްރައިމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ޝައްކު ކުރެވޭ ލިންކެއް ލިބިއްޖެނަމަ، ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 911 އަށް ގުޅައި އެ މައްސަލަ ރިޕޯޓު ކުރުމަށްވެސް އެ ސެންޓަރުން ވަނީ ހަނދާންކޮށްދީފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement