
ޣައިރުޤާނޫނީ އޮޕަރޭޝަންތައް ހިންގަން ނަތަންޔާހޫ އަމުރުކުރާކަމަށް އިޒްރާއިލްގެ ޖާސޫސީ ވެރިޔާ ބުނެފި
އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައިރުޤާނޫނީ ކަންކަމަށް އަމުރުކުރާކަމަށް އިޒްރާއިލްގެ ޖާސޫސީ ވެރިޔާ ރޮނެން ބަރ ތުހުމަތުކޮށްފިއެވެ. އަދި އެކަންކަމަށް އޭނާ އިންކާރުކުރާތީ މަޤާމުން ވަކިކުރުމަށް މަސައްކަތްކުރާ ކަމަށްވެސް ޝިން ބެޓްގެ ވެރިޔާ ވަނީ ބުނެފައެވެ.
އިޒްރާއިލްގެ ޖާސޫސީ އިދާރާ, ޝިން ބެޓްގެ ވެރިޔާ, ރޮނެން ތުހުމަތުކުރާގޮތުގައި ނަތަންޔާހޫގެ މި އަމަލުތަކަކީ އޭނާގެ އަމިއްލަ އަދި ސިޔާސީ މަޤުޞަދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތްތަކެކެވެ.
އިޒްރާއިލްގެ ސްޕްރީމްކޯޓުގައި ހިންގަމުންދާ މައްސަލައެއްގައި ލިޔުމުން ދީފައިވާ ބާޔާނުގައި ރޮނެން ވަނީ ޣައްޒާ ހަނގުރާމަ އާ ގުޅިގެން އިޒްރާއިލްގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ބާއްވާ މުޒާހަރާތަކާ ގުޅިގެން އެތައްފަހަރެއްގެ މަތިން ނަތަނަޔާހޫ އޭނާއަށް ޢައިރުޤާނޫނީ ކަންކަން ކުރުމަށް އަމުރުކޮށްފައިވާކަމަށް ބުނެފައެވެ.
ނަތަންޔާހޫ ވަނީ 'ޣައްޒާ ހަނގުރާމައަށް މަގުފަހިވި 2023 އޮކްޓޯބަރުގެ ހަމާސްގެ ހަމަލާތަކާ' ގުޅިގެން ޝިން ބެޓްގެ ވެރިޔާގެ އިތުބާރު ގެއްލިފައިވާ ކަމަށާއި މަޤާމުން ވަކިކުރާނެކަމަށްވެސް ބުނެފައެވެ.
ޝިން ބެޓުން މިވަގުތު ދަނީ ނަތަންޔާހޫގެ އޮފީގާއި ޤަތަރާ ގުޅޭ ފައިސާއާ ގުޅޭ މުއާމަލާތްތަކެއްގެ ތަޙްޤީގް ވެސް ކުރަމުންނެވެ. ޤަތަރަކީ ހަމާސް އާއި އިޒްރާއިލް އާ ދެމެދު ހަމަލާތައް ހުއްޓާލުމާގުޅޭ ވާހަކަތަކުގެ އެންމެ ބޮޑު މެދުވެރިޔާއެވެ.
ރިއެކްޝަންސް






