
ރަފަޙްގައި ހަރަކާތްތެރިވި ރެޑް ކްރެސެންޓް އަދި މަދަނީ ދިފާއުގެ މެމްބަރުން އަދިވެސް ވީނުވީއެއް ނޭންގެ
މަދަނީ ދިފާއުގެ ލީޑަރުގެ ހަށިގަނޑު ނޫން އެހެން މީހަކު ދިރިހުއްޓާ އަދި މަރުވެފައި އޮށްވާވެސް ފެނިފައެއް ނުވޭ
ރަފަޙް ސިޓީން މީހުން ސަލާމަތްކުރަން ދިޔަ ފަލަޞްޠީނުގެ ރެޑް ކްރެސެންޓްގެ ޓީމަކާއި ޣައްޒާގެ މަދަނީ ދިފާއުގެ އިތުރު ފަސް މެމްބަރުންގެ ކްރޫއެއް ގެއްލިއްޖެއެވެ. އެޓީމު ދަތުރު ކުރަމުންދިޔައީ އިޒްރާއިލްއިން ސަރަޙައްދު ދޫކޮށް ދިއުމުގެ އަމުރު ނެރެފައިވާ ތަލް އަސް-ޞުލްތާންގައި ތާށިވެފައި ތިބި ބަޔަކު ސަލާމަތްކުރަން ކަމުގައި އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއިލްގެ އަސްކަރިއްޔާއިންވަނީ ރެޑް ކްރެސެންޓާއި މަދަނީ ދިފާއު އެއްކޮށް ދަތުރުކުރު އުޅަނދަށް އަމާޒުކޮށް ހަމަލާ ދީފައެވެ. ރެޑް ކްރެސެންޓްގެ ފަރާތުން ދިޔައީ ހަމަލާ ދިނުމާ ހަމައަށްވެސް ދިޔައީ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އެޖެންސީ އާ (އޯސިއެޗްއޭ) ބަރާބަރަށް މުއާމަލާތު ކުރަމުންނެވެ. އެމީހުންނާ ގުޅުން ކެނޑުނުއިރު ތިބީ ދާން ހަމަޖެހިފައިވާ ސަރަޙައްދާ ދާދި ކައިރީގައެވެ. އޯސީއެޗްއޭ އިން އެސަރަޙައްދަށް ދިޔައިރު ކުރިން އެމީހުން ދަތުރުކުރި އެބްމިއުލާންސް ވެސް އެސަރަޙައްދުގައި އޮތެވެ.
ނަމަވެސް އިޒްރާއިލްގެ ޑްރޯން ހަމަލާ އާއި މެޝިން ބަޑިތަކުން ހަލާކުވެ ފުނޑުފުނޑުވެފައިވާ އުޅަނދު އޮތް ސަރަޙާއްދުގައި އޮތީ އެންމެ މީހެއްގެ ހަށިގަނޑެވެ. އެއީ މީހުން ސަލާމަތް ކުރަންދިޔަ މަދަނީ ދިފާއު ޓީމުގެ އިސްވެރިޔާގެ ހަށިގަނޑު ކަމަށް އޯސިއެޗްއޭއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ނަމަވެސް އެޓީމާއެކު ދަތުރުކުރި އެހެން އެއްވެސް މެމްބަރަކު ވީތަނެއް މިހާތަނަކަށް ނޭނގެއެވެ.
ރިއެކްޝަންސް






