
މިއަންމާ އާއި ތައިލެންޑަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 150 ން މައްޗަށް
ބެންކޮކް (އޭޕީ) - މިއަންމާ އަދި އަވައްޓެރި ތައިލެންޑްއަށް އަށް މިއަދު އައި ބާރުދަގަ ބިންހެލުމުގައި މިހާތަނަން 150 ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބިންހެލުމުގައި އިމާރާތްތަކާއި, ބްރިޖް އަދި ޑޭމްތައްވެސް ވަނީ ހަލާކުވެފައެވެ. ބިންހެލުން އަސްލު އައި މިއަންމާގެ ދެ ސިޓީއަކުން 144 މީހަކު މަރުވެފައިވާއިރު ތައިލެންޑްގެ ވެރިރަށް ބެންކޮކްއިން މަދުވެގެން 10މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދާއި ލިބުނު ގެއްލުމުގެ ތަފްޞިލްތައް އަދި މުޅިން ސާފެއް ނުވެއެވެ. ޙާއްސަކޮށް ދުނިޔޭގެ އެންމެ ފަޤީރު އެއްޤައުމު ކަމަށްވާ މިއަންމާއަށް ލިބުނު ގެއްލުންތައް އަންދާކުރަން ދައްޗެވެ. އެހެންކަމުން ބިންމެލުމުގައި އެޤައުމުން މަރުވި މީހުންގެ އަދަދު މިހާރަށްވުރެ އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ. މިއަންމާގެ އަސްކަރީ ސަރުކާރުގެ ފަރާތުން ސިނިއަރ ޖެނެރަލް އަންގް ހްލައިންގެ ވިދާޅުވި ގޮތުގައި ބިންހެލުމުގެ ކާރިސާގައި މިހާތަނަށް 730 މީހަކު ޒަހަމްވެފައި ވެއެވެ.
ބެންކޮކްއިން މަރުވި 10 މީހުންގެ އިތުރުން ތިން ކޮންސްޓްރަކްޝަން ސައިޓަކުން 103 މީހަކު ގެއްލި 16 މީހަކު ވަނީ ޒަހަމް ވެފައެވެ
7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ މިއަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއަށެވެ. އޭގެ ފަހުން އައި އާފްޓަރ ޝޮކްގެ ބާރުމިނުގައިވެސް 6.4 މެގްނިޓިއުޑް ހުއްޓެވެ.
ރިއެކްޝަންސް






