
ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ހުއްޓުވައިފި
ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ހުއްޓުވާ, ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ހުއްޓުވާ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައީ ކ.ދިއްފުށި ކައިރިން ކަމަށެވެ. ބޯޓް ހުއްޓުވީ ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިގްތިޞާދީ ސަރަހައްދުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ބޯޓްގައި 6 މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ރާއްޖޭގެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ބެރުގެ ބޯޓްތައް ވަދެއެވެ. އޭގެތެރޭގައި ބެހިގެން އަންނަ ބޯޓްތައްވެސް ހިމެނެއެވެ.
ރިއެކްޝަންސް






