މަތިވެރީ ބިންހިއްކުމުގެ މަސައްކަތް ފަށައިފި
މަތިވެރި ބިން ހިއްކުމުގެ މަސައްކަތް ފަށަނީ: ފޮޓޯ-ރައީސް އޮފީސް

މަތިވެރީ ބިންހިއްކުމުގެ މަސައްކަތް ފަށައިފި

26.5 ހެކްޓަރުގެ ބިންހިއްކާނެ

5 hours ago - 11:09
Aug 20, 2025 - 11:09
Advertisement
Advertisement

މަތިވެރީގައި އެއަޕޯރޓް އެޅުމަށާއި, ބޯހިޔާވަހި ކަމަށް އަދި ތަރައްޤީގެ ކަންކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރޭގެ ވަގުތެއްގައެވެ. ބިން ހިއްކުމުގެ އިތުރުން އެއަޕޯރތް ތަރައްޤީ ކުރުމާއި އެއަޕޯރޓް ހިންގުންވެސް ހަވާލުކުރީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ އާއެވެ. މި މަޝްރޫޢުގެ ދަށުން ރަށާއި ގުޅިގެން ރަށުގެ އެކި ކަންކަމަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިންހިއްކާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަތިވެރީގައި ތަރައްޤީކުރާ އެއާޕޯޓް ވެގެންދާނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެ އެއާޕޯޓަކަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި އެއާޕޯޓް ވެގެންދާނީ ފުރިހަމައަށް ދެކޮޅުޖެހޭ ސަތޭކަ ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށެވެ. ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ ހުރިހާ މަސައްކަތާއި އެކު މުޅި ޕްރޮޖެކްޓް ދެ އަހަރާއި ބައި ތެރޭގައި ނިންމާ އެއާޕޯޓް ހުޅުވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.

މަތިވެރީ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިންވެސް ރައީސްގެ މިދަތުރުފުޅުގެ ތެރެއިން މަތިވެރި ކައުންސިލާ ވަނީ ހަވާކޮށްފައެވެ. މަތިވެރީ އިޚްތިސާސްގެ ތެރޭގައި ހިމަނާފައިވާ ފިނޮޅުގައި ސިޓީ ހޮޓަލެއް ކައުންސިލުން އިއުލާންކޮށްގެން ކުރިއަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވެފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement