
ޝިމަން އާއި މަހުޒޫމް ހައްޔަރުކުރީ ވާޖިބަށް ހުރަސް އަޅާ އަމުރަށް ނުކިޔަމަންތެރިވުމުން- ފުލުހުން
ޝިމަން އާއި މަހުޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނެފިއެވެ.
ޒުވާނުންގެ މުޒާހަރާގެ ތެރެއިން އެމުޒާހަރާ ލީޑްކުރުމުގައި ހަރަކާތްތެރިވި ދެ ޒުވާނުންކަމަށްވާ ނ.ކުޑަފަރި، ބަގީޗާގެ ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މާލެ،މ. ހަސްތީ ޢާއިޝަތު ޝިމަން އަޙްމަދު (19އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ބާރުގެ ބޭނުންކޮށްގެން އެދެޒުވާނުން ހައްޔަރުކުރުމުން ފާޑުކިއުން އަމާޒުވަމުން ދަނިކޮށް ފުލުހުން ވިދާޅުވީ އެދެމީހުންވެސް ވާޖިބަށް ހުރަސްއެޅި ކަމަށެވެ.
މީގެއިތުރުން މަޙްޒޫމް ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުވެސް ކުރެއެވެ. މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.
ރިއެކްޝަންސް






