އަމިއްލަ ދަނޑުގައި މެންޗެސްޓަޔ ޔުނައިޓެޑް އާސެނަލް އަތްދަށުވެ, ޗެލްސީ އާއި ޕެލަސް އެއްވަރު
އާސެނަލް އާއި ޔުނައިޓަޑްގެ މެޗުގެ ތެރެއިން. ފޮޓޯ: ޕްރިމިއަރ ލީގު

އަމިއްލަ ދަނޑުގައި މެންޗެސްޓަޔ ޔުނައިޓެޑް އާސެނަލް އަތްދަށުވެ, ޗެލްސީ އާއި ޕެލަސް އެއްވަރު

3 hours ago - 23:05
Aug 17, 2025 - 23:06

މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓަޑް ކުޅުނު ފުރަތަމަ މެޗު 1-0 ން އާސެނަލް ކާމިޔާބުކޮށްފިއެވެ. ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި މެޗު އެއްވަރު ވެގެންނެވެ.

މެންޗެސްޓަރ ޔުނައިޓަޑްގެ ދަނޑުގައި އާސެނަލްގެ ސްޓައިލްގައި ފުރަތަމަ މެޗުން ޔުނައިޓަޑް ބަލިކުރިއިރު މެޗުގެ ހަމައެކަނި ގޯލް 13 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރިކާޑޯ ކަލަފިއޯރީއެވެ. 

މެޗުގައި ޔުނައިޓަޑް އާ އަލަށް ގުޅުނު ވިކްޓަރ ގްޔޯކެރެސް, ބެންޖަމިން ސެސްކޯ, އަދި ބްރަަޔަން އެމްބުއެމޯ އަދި މެތިއުސް ކޫނާއަށްވެސް އަށް ކޯޗު ރުބެން އަމޮރިމް ވަނީ ފުރުޞަތު ދީފައެވެ. އަލަށް ގުޅުނު ރަސްމުސް ހޮއިލުންޑް ސްކޮޑުން ފެނިގެން ގޮސްފައި ނުވާއިރު, އެއްވަނަ ކީޕަރު އަންދްރޭ އޮނާނާގެ ބަދަލުގައި މިއަދުގެ މެޗުގައި ފެނިގެންގޮސްފައިވަނީ  އަލްޓޭ ބައިންދިރް އެވެ.

ޔުނައިޓަޑްގެ މެޗުގެ ކުރިން އެފް އޭ ކަޕް ޗެމްޕިއަން ޗެލްސީ އާއި ކްރިސްޓަލް ޕެެލްސް ކުޅުނު މެޗު ނިމުނީ 0-0 ން އެއްވަރު ވެގެންނެވެ. 

Advertisement
Advertisement

ޕެލަސް ދޫކޮށްލާނެކަމަށް އަޑުފެތުރުފައިވާ އެބާޗީ އެޒޭ އަދި މާކް ގުއޭހީގެ ފަރާތުން މިއަދުގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ޗެލްސީން ވަނީ މި ސީޒަނަށް އަލަށް ގުޅުނު ހަ ސްޓްރައިކަރުން މިއަދު މެޗުގައި ބޭނުންކޮށްފައެވެ. 

ޔާއޮ ޕެޑްރޯ, ޖެމީ ގިޓެންސް, އަދި ޕެޑްރޯ ނޭޓޯ ވެސް ފެނިގެން ދިޔަ މި މެޗުގައި ޗެލްސީއަށް ޕެލަސްގެ ގޯލް ފޫއަޅުވާލާނެ ރަނގަޅު ހަމަލާއެއް އުފެއްދޭގޮތް ވަނީ ނުވެފައެވެ. ފަހު ހާފުގައި ޗެލްސީ އާ އަލަށް ގުޅުނު އެސްތެވާއޯ ވިލިއަން އާއި ލިއަމް ޑެލަޕްވެސް ވަނީ ކުޅުމުގެ ތެރެއަށް ނިކުމެފައެވެ. އެ ދެ ކުޅުންތެރިންނަށް ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް ގޯލަކަށް ބަދަލުކުރުމުގައި ވަނީ ނާމާކިޔާބު ވެފައެވެ.

މިއަދު ނޮޓިންގްހަމް ފޮރެސްޓް 3-1 ން ވަނީ ބްރެންޓްފޯޑް ބަލިކޮށްފައެވެ. ފުރަތަމަ ހާފުގައި ތިންގޯލްވެސް ކާމިޔާބުކުރިއިރު ކްރިސް ވުޑްސް ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. ބްރެންޑްފޯޑްގެ ގޯލަކީ 78 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow