
ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ބިލް ތަސްދީޤު ކޮށްފި
ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމާއި، އެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުން ހިމަނާފައި ވެއެވެ. ޤާނޫނު އިސްލާހުކުރީ އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާޙުކުރުމުގެ ބޭނުމުގައިކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މިބިލް މިއަދު ތަސްދީޤުކުރެއްވުމާއެކު އަމަލުކުރަންވެސް ވަނީ ފަށާފައެވެ. މި ބިލަކީ، މިމަހުގެ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
ރިއެކްޝަންސް






