މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ބަންދުކޮށްފައިހުރި ގައިދީއަކު މަރުވެއްޖެ

މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ބަންދުކޮށްފައިހުރި ގައިދީއަކު މަރުވެއްޖެ

ޝަރީޢަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި ގައީދީއަކު މަރުވެއްޖެ.

9 months ago - 20:47
Advertisement

މަސްތުވާތަކެތި ރައްޖެއަށް އެތެރެކުރަން އުޅުނު މައްސަލައެއްގައި މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިހުރި ގައިދީއަކު މަރުވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު  4:01 ހާއިރު މަރުވެފައިވަނީ ސްވިޓްޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ ޢުމުރުން 59 އަހަރުގެ ޕީޓަރ ތޯމަސް ޑަސް ނަމަކަށް ކިޔާ މީހެއް ކަމަށް ކަރެކްޝަންއިން މައުލޫމާތު ދެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ ޕީޓަރ ކުއްލިއަކަށް ހޭނެތިގެން ގޮޅީ ތެރެއަށް ވެއްޓުމުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް އޭނާ ގެންގޮސް ސީ.ޕީ.އާރު ދީފައިވާ ކަމަށާއި އެއަށްފަހު މާފުށީ ސިއްޚީ މަރުކަޒަށް ގެންގޮސް އޭނާ ނޭވާލެއްވޭތޯ މަސައްކް ކޮށްފައިވާ ކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ.

ކަރެކްޝަންސްއިން ވިދާޅުވީ އޭނާ މަރުވުމާއެކު އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސެސްއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގާފައެވެ. މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އޭނާގެ މަރުގެ މައުލޫމާތު ދީފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement