ދިވެހިރާއްޖޭގެ ފަތުވެރިކަން ޕްރޮމޯޓްކުރާ ގްލޯބަލް ބްރޭންޑް އެމްބަސެޑަރަކަށް ކެޓްރީނާ ކައިފް
ކެޓްރީނާ ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބަސެޑަރުކަމަށް ކެޓްރީނާ ހަމަޖެއްސިކަން އިއުލާންކޮށް ވިޒިޓް މޯލްޑިވްސްގައި ޖަހާފައިވާ ޕޯސްޓް

ދިވެހިރާއްޖޭގެ ފަތުވެރިކަން ޕްރޮމޯޓްކުރާ ގްލޯބަލް ބްރޭންޑް އެމްބަސެޑަރަކަށް ކެޓްރީނާ ކައިފް

21 hours ago - 15:13
Jun 10, 2025 - 15:20
Advertisement
Advertisement

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބަސެޑްރުގެ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ. 

ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓްގައި ކެޓްރިނާއަށް ގްލޯބަލް އެމްބަސެޑަރުގެ މަޤާމް ރަސްމީކޮށް އައުވާފައިވާކަށް  މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕިއާރުސީ) އިން ވަނީ އިއުލާންކޮށްފައެވެ.

ކެޓްރީނާ އަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ތަރިއެކެވެ. ފިލްމީ ދާއިރާގެ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ އަދި އަމިއްލަ ވިޔާފަރިއެއް ހިންގާ ކެޓްރީނާ އަކީ މީސްމީޑިއާގައި އެންމެ ގިނަ ފޮލޯވަރުން ތިބި އިންޑިއާގެ އެއް ތަރިއެވެ. 

މަޝްހޫރު ގިނަ ފިލްމްތަކެއް ކުޅެފައިވާ ކެޓްރީނާ އަށް 'ސަނީ ސައިޑް އޮފް ލައިފް' ގެ މި ޝަރަފުވެރި މަޤާމް ލިބުމާ ގުޅިގެން  އޭނާ ބުނެފައިވަނީ  ދިވެހިރާއްޖެއަކީ މަތީފެންވަރުގެ ފަތުރުވެރިކަމާއި ގުދުރަތީ ރީތި ކަމުގެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައެވެ. އަދި އެއީ ރީތިކަމާއި ހިތުގެ ހަމަޖެހުން ގުޅުވާލަދޭ ފާލަމެއް ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެެ.

Advertisement
Advertisement

"ސަނީ ސައިޑް އޮފް ލައިފްގެ މޫނަށް ވުމަކީ އަހަންނަށް ލިބުނު ވަރަށްބޮޑު ޝަރަފެއް. އަަހަރެން މިހުރީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެންމެނަށް ދުނިޔޭގެ ފެންވަރުގެ މި ހިތްގައިމު އަދި އެހާމެ ތަފާތު ރީތިކަމެއްވާ މި މަންޒިލް ގުޅުވާދިނުމުގެ އެހީތެރިއަކަށް" ވިޒްޓް މޯލްޑިވްސްގެ ވެބްސައިޓްގައި ކެޓްރީނާ ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement