
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަންކުރައްވައިފި
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފިއެވެ. އެކްޓިންގ ޕޮލިސް ކޮމިޝަނަރުގެ މަގާމްގައި ހުންނެވި ނަވީން ކޮމިޝަނަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިއަދު އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅުން ކުރިމަތިލެއްވިއެވެ. އެއީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ. ޕޮލިސް ބޯޑުން ނިންމެވީ 3 ބޭފުޅުންވެސް ޝަރުތު ހަމަވާ ކަމަށެވެ. ޕޮލިސް ބޯޑުން ތިން ބޭފުޅުންގެ ނަން ހޯމް މިނިސްޓަރަށް ފޮނުވުމުން، ވަޒީރުގެ ލަފާފުޅާއެކު ކޮމިޝަނަރު ކަމަށް އައްޔަން ކުރައްވާނެ ބޭފުޅަކު ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމް ހުސްވީ އެމަގާމްގައި ހުންނެވި އަލީ ޝުޖާއު އޭޕްރީލް މަހު އިސްތިްުފާ ދެއްވުމުންނެވެ.
ރިއެކްޝަންސް






