
މައުލޫމާތުގެ ސައްހަކަށް ކަށަވަރުކުރުމަށް ފުލުހުންގެ ބަޔާން ވަގުތީ ގޮތުން އަނބުރާ ގެންގޮސްފި
ސިފައިންނާއި ފުލުހުން ގުޅިގެން ޤައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ފެށިކަމަށްބުނެ ދިވެހި ފުލުހުންގެ ފަރާތުން ނެރުނު ބަޔާން, މައުލޫމާތު ސައްޙަކަން ކަށަވަރުކުރުމަށް ވަގުތީގޮތުން އަނބުރާ ގެންގޮސްފިއެވެ
ބަޔާން ޕޯސްޓްކުރިތާ ބައިގައިޑިއެއްހާއިރު ފަހުން އެބަޔާން ޑިލީޓް ކުރުމަށްފަހު ފުލުހުން ބުނީ ބަޔާން އަނބުރާ ގެނދިޔައީ ހައްސާސް މަޢުލޫމާތު ތަކެއްގެ ތަފްޞީލްގެ ސައްޙަކަން ކަށްވަރުކުރުމަށް ކަމުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދެމުންދާނީ ބަރޯސާވެވޭ އެންމެ ރަނގަޅު މަޢުލޫމާތު ކަމަށާއި އިތުރު މަޢުލޫމާތު ލިބެމުން ދާވަރަކަށް މީޑިއާތަކާ ޙިއްސާކުރާނެ ކަމަށްވެސް ޕޯސްޓްގައި ފުލުހުން ބުނެފައި ވެއެވެ.
ރިއެކްޝަންސް






