ޓިމޯ ލެސްޓޭ އަތުން ބަލިވި މެޗަށްފަހު މާފަށް އެދި ޤައުމީޓީމުން ސުޒޭން އިސްތިއުފާދީފި
މެޗެއްގައި ސުޒޭން ޤައުމީޓީމަށް އިރުޝާދުދެނީ. ފޮޓޯ : އެޑިޝަން އެމްވީ

ޓިމޯ ލެސްޓޭ އަތުން ބަލިވި މެޗަށްފަހު މާފަށް އެދި ޤައުމީޓީމުން ސުޒޭން އިސްތިއުފާދީފި

24 hours ago - 15:37
Jun 10, 2025 - 15:40
Advertisement
Advertisement

އޭޝިއަންކަޕް ކޮލިފިކޭޝަންގައި 1-0 ން ޓިމޯ ލެސްޓޭ އަތުން ބަލިވި މެޗަށްފަހު ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަޤާމުން ޢަލީ ސުޒޭން އިސްތިއުފާ ދީފިއެވެ. 

މެޗަށްފަހު މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ސުޒޭންވަނީ އެކަމަށް ދިވެހި ފުޓްބޯޅަ އާއިލާގެ ފަރާތުން މާފަށްވެސް އެދިފައެވެ. ސުޒޭން ބުނީ މެޗުގައި ރާއްޖެ ކުޅުނީ ދަށް ކުޅުމެއްކަމަށް ގަބޫލުކުރާކަމަށެވެ.

ރާއްޖޭގެ ޤައުމީޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ވަނީ ބަލިވެފައެވެ. ދިވެހި ޤަައުމީޓީމް އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ 1-0 ން ބަންގްލަދޭޝްއަތުންނެވެ.

"އަޅުގަނޑު މިޓީމާއެކު ކުރި މަސައްކަތް މިހާހިސާބުން މި ނިމުނީ. އަދި ކުރިއަށް އޮތް ތަނުގައި މި ޓީމާއެކު މަަސައްކަތްކުރާ އެންމެނަށް އަޅުގަނޑުގެ ހެޔޮ ދުއާތައް އޮންނާނެ" ސުޒޭންގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

Advertisement
Advertisement

މީގެ ދެ އަހަރުކުރިން ޤައުމީޓީމުގެ ކޯޗުގެ މަޤާމާ ސުޒޭން ހަވާުލުވީ އެންމެ ފަހުން ޤައުމީ ޓީމުގެ ކޯޗުގެ މަޤާމުގައި ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެއްބަސްވުން ހަމަވުމުންނެވެ. 

ޤައުމީ ޓީމުން އިސްތިއުފާދިންކަން އިއުލާންކުރަމުން ސުޒޭން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ އުނދަގޫ ހާލަތެއްގައި އޮށްވައި ޤައުމީޓީމާއެކު މަސައްކަތްކުރަން ލިބުމަކީ ވަރަށްބޮޑު ޝަރަފެއްކަމަށެވެ. އަދި ކޯޗުކަމުގައި ހުރި ދުވަސްވަރު އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށް ސުޒޭން ބުނެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement