މަލިކުގައި ދިވެހިބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލުމާ ދެކޮޅަށް ހައިކޯޓުގެ ވަގުތީ އަމުރެއް
ލަކްޝަދީބު ސަރުކާރުން ދިވެހިބަސް ސްކޫލް ސިލަބަހުން ނެގުމާއި ދެކޮޅަށް މާޗު 29ގައި މަލިކުގައި ކުރި މުޒާހަރާގެ ތެރެއިން.. ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މަލިކުގައި ދިވެހިބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލުމާ ދެކޮޅަށް ހައިކޯޓުގެ ވަގުތީ އަމުރެއް

24 hours ago - 16:22
Jun 10, 2025 - 16:35

ދިވެހިބަސް (މަހަލްބަސް) ރަސްމީ ބަހުގެ ގޮތުގައި ބޭނުންކުރާ ރާއްޖޭގެ އުތުރުން 80 ވަރަހަށް ކިލޯމީޓަރު ދުރުގައި އޮންނަ މަލިކުގެ ސްކޫލްތަކުގައި ދިވެހިބަހާއި އަރަބި ބަސް ކިޔަވަދިނުން ހުއްޓާލަން ނިންމި ނިންމުމަށް އަމަލުނުކުރުމަށް ކެރެލާގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ލަކްޝަދީބުގެ ސަރުކާރުން މާޗުމަހު 29 ގައި ނިންމި ނިންމުމާ ގުޅިގެން މަލިކުގައި އަންނަނީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އިންޑިއާގެ ދަށުގައި އޮންނަ ލަކްޝަދީބުގެ ސަރުކާރާ ދެކޮޅަށް މި މައްސަލަ ކެރެލާގެ ހައިކޯޓަށް ހުށަހެޅީ އިންޑިއާގެ ނެޝަނަލް ސްޓްޑެންޓްސް ޔޫނިއަންގެ ލަކްޝަދީބު ޔުނިޓްގެ ރައީސް އަޖްސް އަކްބަރުއެވެ.

ކޯޓަށް ހުށަހެޅީ މައްސަލާގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބެލުމަށްފަހު ކޯޓުން ސަރުކާރުގެ ނިންމުމަށް އަމަލު ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވަނީ އެބަދަލު ގެނައީ ބެލެނިވެރިންނާއި ސްކޫލްތަކުގެ މެނޭޖްމަންޓް އަދި ޓީޗަރުންނާވެސް މަޝްވަރާކުރުމެއްނެތި އަވަސް އަރުވާލައިގެން ނިންމި ނިންމުމެއް ކަމަށް ހުށަހެޅުމުގައި ބަޔާންކޮށްފައި ވާތީ އެކަންކަން ބެލުމަށެވެ.

ހައިކޯޓުގެ އަމުރާ އެއްގޮތަށް ސްކޫލްތަކުގައި އަލުން ދިވަހި ބަހާއި އަރަބި ބަސް ކިޔަވައިދޭން ވަނީ ފަށާފައެވެ. ސަރުކާރުގެ ނިންމުމަކީ ދިވެހި ބަހުގެ ބަދަލުގައި ހިންދީބަސް ކިޔަވައިދިނުމެވެ. 

Advertisement
Advertisement

ގިނަ ތާރިޙް ލިޔާ ފަރާތްތަކުން ވިދާޅުވާގޮތުގައި މަލިކަކީ ކުރިން ދިވެހިރާއްޖޭގެ އަތޮޅެކެވެ. އިހުގެ ދިވެހި ބަހުން ވާހަކަދައްކާ މަލިކު މީހުން ލިޔެ އުޅެނީވެސް ތާނައަކުރުންނެވެ.

 އިންޑިއާގެ ދަށަށް މަލިކު ދިޔައީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އައި ތަދުދުވަސްވަރުގައި މަލިކުން އެގޮތް ބޭނުންވެގެން ކަމުގައި ބައެއްފަރާތްތަކުން ބުނެއެވެ. އަނެއްބައި ފަރާތްތަކުން ބުނަނީ އެކަން ހިނގީ ރާއްޖެ މިނިވަންވުމަށްފަހު ނެގުނު ސިއްރު ވޯޓަކުން ކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow