
ޔަހޫދީސިފައިން މެދުތެރޭ ޣައްޒާ ސުންނާފަތިކޮށްލުމަށް ޓޭންކަރުތައް ޖަމާކޮށްފި, އިއްޔެވެސް 65 މަރު
ޤަތުލްއާންމު ފެށިފަހުން މެދުތެރޭ ޣައްޒާގެ ދިއެރް އެލް ބަލަޙްގައި ފުރަތަމަ ފަހަރަށް އެއްގަމު މަގުން ހަމަލާތައް ފެށުމަށް ޔަހޫދީ ސިފައިންގެ ފައުޖުތައް ރުކުރުވާލައިފިއެވެ. ދިއެރް އެލް- ބަލަޙް އަކީ މި ހުރިހާ ދުވަހު ހަމަލާތައް މަދުކޮށް އަދި އެއްގަަމުން މަގުން އެގޮތަށް އަސްކަރީ ފައުޖުތަކުން އަރައިގަނެފައިވާ ސަރަހައްދެއް ނޫނެވެ.
އިއްޔެވެސް އިޒްރާއިލްއިން ޣައްޒާގައި ދިން ހަމަލާތަކުގައި 65 މީހަކު ވަނީ ޝަހީދުވެފައި ކަމަށް ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވެއެވެ.
މި ހަފުތާގެ ހޯމަ ދުވަހުވެސް ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ ދެކުނު އަދި އިރުމަތީ ސަރަހއްދުތަކުގައި އެއްގަމު މަގުން ބޮޑު ސަރަހައްދެއްގައި އޮޕަރޭޝަންުތަކެއް ހިންގާ އެތަންތައް އިތުރަށް ސުންނާފަތިކޮށްލާފައެެވެ. ޣައްޒާގެ އެތައް ރައްޔިތުންނެއް ތޮތްޖެހިގެން ދިރިއުޅޭ މި ދެ ސަރަހައްދުންވެސް މީހުން ފޭބުމަށް އޭގެ ކުރިން އިޒްރާއިލްއިން ވަނީ އަމުރުކޮށްފައެވެ. ސިއްހީ މަސްދަތުތަކުން ބުނި ގޮތުގައި އެއްގަމާއި ވައިގެ މަގުން ޔަހޫދީ ސިފައިން އެސަރަހައްދަށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ.
އަމުރުތަކާއެކު އެސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ ގިނަ ބަޔަކުވަނީ ދެކުނު ޙާން ޔޫނިސްގެ މެޑިޓޭރޭނިއަން ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބަދަލުވެފައެވެ.
"ޓޭންކަރުތަކުގައި އިޒްރާއިލްގެ ސިފައިން އެސަރަހައްދަށް އަރައިގަނެގެން ދިޔައިރު މުޅި ސަރަހައްދުގައި ހުރީ ބަޑީގެ އަޑުފައްގަނޑު ގުގުމާލާފައި. މުޅި ސިޓީގެ އެކިސަރަހައްދުތަކުގައި އެއްފަހަރާ ހަމަލާދެމުންދިޔައީ.އަހަރެމެން ނުވެސް ނިދަން" ޣައްޒާއިން ރިޕޯޓްކުރި ތާރެޤް އަބޫ އަޒޫމް ބުނެގައި ވެއެވެ.
އިއްޔެގެ ހަމަލާތަކުގައި ތިން ބްލޮކެެެއް ވަނީ އެއްކޮށް ބިމާ ހަމަކޮށްލާފައި ކަމަށް އެނާ ބުންޏެވެ. އޭގެ ތެރޭގައި އާންމު ދިރިއުޅޭ ގެތައްވެސް ހިމެނޭކަމަށާއި ޖެޓުތަކާއި, މެޝިން ބަޑި އަދި ޓޭންކަރުތަކުންވެ ވަނީ ހަމަލާ ދީފައި ކަމުގައި އޭނާ ވަނީ ބުނެފައެވެ.
ރިއެކްޝަންސް






