މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް 26-28 އަށް
މިނިވަން ދުވަަށް ވަނީ ރައްޔާރުވެފަ

މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް 26-28 އަށް

ފުޅަނދުބުރު އޮންނާނީ 27 ވަނަ ދުވަހުގެރޭ

9 hours ago - 15:02
Jul 22, 2025 - 15:04
Advertisement
Advertisement

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް 26-28 އަށް ތާވަލްކޮށް, ހަރަކާތްތަކުގެ ޝެޑިއުލް ޢާއްމުކޮށްފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޢާއްމުކުރި މިނިވަން ދުވަހުގެ ހަރަކާތްތައް ފެށެނީ މިނިވަން ދުވަހުގެ ހެނދުނު 6:00 ގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ.

މިނިވަން ދުވަހުގެ ހެނދުނު 6:00-12:00 ދެން އޮތީ ޓީވީ ޝޯއެވެ. އެޝޯވްގައި ރަށްރަށުގެ ހަރަކާތްތައްވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ހަވީރު 4:15-5:30 އަށް ޖުމްހޫރީ މައިދާނުގައި އޮތީ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކެވެ. އަދި ސިފައިންނާއި ކެޑޭޓްކޯގެ ޕެރޭޑްވެސް ބޮޑަތި މަގުތަކުގައި ކުރިއަށްދާނެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ އެންމެ ޚާއްޞަ ހަރަކާތް އޮތީ މިނިވަން ދުވަހުގެ ރެއެވެ. އެއީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ އާ ޓަރމިނަލް ހުޅުވުމެވެ. އެރަސްމިއްޔާތުގައި ހަވާ އެރުވުމާއެކު ސަޕްރައިޒްތަކެއް ހިމެނޭނެ ކަމަށް އެއަޕޯރޓްސް ކޮމްޕެނީން ވަނީ ބުނެފައެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނީ 27 ވަނަ ދުވަހު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލްގައެވެ. އެދުވަހު ހަވީރު އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރޫޓްމާޗް ހުޅުމާލޭގެ މަގުތަކުގައި އޮންނާނެއެވެ. އަދި އެރޭ މާލޭގެ ބޮޑަތި މަގުތަކުގައި ފުޅަނދު ބުރު އޮންނާނެއެވެ.

Advertisement
Advertisement

28 ވަނަ ދުވަހު އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައި ފުޅަނދުތައް ދައްކާލުމެވެ. އެކަން ކުރިއަށްދާނީ އެރެއެވެ.

މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާނެއެވެ. މޯދީ ރާއްޖެވަޑައިގަންނަވާނީ 25 ވަނަ ދުވަހުއެވެ. 26 ވަނަ ދުވަހު ފުރާވަޑައިގަންނަވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement