ގެއްލިގެން ހޯދާ ޒުވާނާ ވަނީ ފަތިހު ބްރިޖް މަތިން ފުންމާލާފަ- ފުލުހުން

ގެއްލިގެން ހޯދާ ޒުވާނާ ވަނީ ފަތިހު ބްރިޖް މަތިން ފުންމާލާފަ- ފުލުހުން

ބްރިޖު މަތިން ފުންމާލީ މިމަހު 13 ވަނަ ދުވަހުގެރޭ ފަތިހު

9 months ago - 18:56
Jul 22, 2025 - 18:59
Advertisement
Advertisement

ގެއްލިގެން ފުލުހުން ހޯދަމުންދާ ޙަސަން ޔާމީން ވަނީ ފަތިހުގެ ވަގުތު ސިނަމާލެ ބްރިޖް މަތިން ފުންމާލާފައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިރޭ ޢާއްމުކުރި ބަޔާނެއްގައި ބުނީ ގ.ގާރނެޓް ޙަސަން ޔާމީން (30) މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހު ސިނަމާލެ ބްރިޖް މަތިން ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ފިދާޅުވީ ޔާމީން ބްރިޖްމަތިން ފުންމާލާފައިވަނީ އެރޭ ފަތިހު 3:24 ހާއިރު ކަމަށެވެ. ޔާމީނު ހޯދުމުގެ މަސައްކަތް މެރިން ޕޮލިހާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ތަހުގީގު ކުރަމުންދަނީ އާއިލާއާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޔާމީން ގެއްލިގެން ފުލުހުންނަށް ރިޕޯރޓް ކުރީ މިމަހުގެ 14 ވަނަ ދުވަހު އާއިލާގެ ފަރާތުންނެވެ. ނަމަވެސް އެންމެފަހުން ޔާމީން ފެނިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެރޭ 21:25 ހާއިރު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މިހާދިސާއާ ގުޅިގެން ސައްހަނޫން މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އޭގެބަދަލުގައި ފުލުހުން ދޭ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement