އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރު ދީގެން ދެ ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި
އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރު ދިން ދެ މީހުން

އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރު ދީގެން ދެ ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

2 hours ago - 18:23
Advertisement

އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރު ދީގެން ދެ ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސ.ހިތަދޫ ދެ މީހުން ހައްޔަރުކުރީ ރޭ ރަސްފަންނުގައި ތިބި ބިދޭސީން ތަކަކަށް ވަޅިން ބިރުދައްކާ, ލާރި ނުދީފި ނަމަ އިނގިލިތައް ބުރުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު ފޭރުނު މައްސަލައެއްގައި ކަމަށެވެ. ދެ ބިދޭސީއެއްގެ ވޮލެޓްގައި ހުރި ފައިސާ ފޭރުނު ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރުކުރީ ސ.ހިތަދޫ އަތިރީއާގެ އަހުމަދު ޝިވާތު (37) އާއި ސ.ހިތަދޫ ޑިލައިޓްފޭސް މުޙައްމަދު ސާލިމް (37) ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ފޭރުނު ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

މީގެއިތުރުން ފުލުހުން ވަނީ ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކުވެސް ހައްޔަރުކޮށްފައެވެ. އެމައްސަލައިގައި ހައްޔަރުކުރީ ލ.މާމެންދޫ ރިހިވެލި އަހުމަދު ނިޒާރު (31) އެވެ. އޭނާ ހައްޔަރުކުރީ ޢާއްމުންގެ އެހީތެރިކަމާއެކު ރޭ 23:43 ހާއިރު ކަމަށް ފުލުހުން ބުންޏެވެ

މިދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement