އިޒްރާއިލްގެ އަނިޔާވެރިކަމުގެ ހައްދެއްނެތް! މަރުވެފަވާ ހަށިތައް ފުރާޅުމަތިން ވައްޓާލާ މަންޒަރު....
އިޒްރާއީލުން ދަނީ މަރާލާފައިވާ ފަލަސްތީނު މީހުންގެ ހަށިތައް ފުރާޅުމަތިން އުކަމުން: ފޮޓޯ-ވީޑިއޯ ސްްކްރީން ޝޮޓް

އިޒްރާއިލްގެ އަނިޔާވެރިކަމުގެ ހައްދެއްނެތް! މަރުވެފަވާ ހަށިތައް ފުރާޅުމަތިން ވައްޓާލާ މަންޒަރު....

3 hours ago - 15:48
Sep 20, 2024 - 15:49

ހިޞޯރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޤަބާޠިޔާ ޓައުންގައި އިޒްރާއިލް އިން ބުރާސްފަތި ދުވަހު ވަނީ ފަލަޞްޠީނުގެ ހަތް މީހަކު މަރާލާފައެވެ. ފަލަޞްޠީނުގެ ނިއުސް އެޖެންސީން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ

ބުލްޑޯޒަރުތަކާއި ފައިޓަރ ޖެޓް އަދި ޑްރޯންސް ވެސް ބޭނުންކޮށްގެން ކުރިއަށް ގެންދިއަ މި ރެއިޑްގައި ގިނަ އިރުތަކެއްވަންދެން ވަނީ ހަމަލާތައް ދީފައެވެ. ހަމަލާތަކުގައި މަރާލި މީހުންގެ ހަށިތަކަށް ވަރަށް އިހާނެތިކޮށް އަމަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އަލްޖަޒީރާ އިން ވެރިފައިކޮށްފައިވާ މި ވީޑިއޯގައި ފެންނަގޮތުގައި އިމާރާތްތަކުގެ ފުރާޅުތައްމަތިން އިޒްރާއިލްގެ ސިފައިން ވަނީ މަރާލާފައިވާ މީހުންގެ ފުރާނަނެތް ހަށިތައް ތިރިއަށް ވައްޓާލާފައެވެ. އެ އިމާރާތަކީ އޭގެ ކުރިން އިޒްރާއިލްގެ ޓޭންކަރުތަކުން ވަށާލައިގެން ގްރެނޭޑުންނާއި ޓޭންކަރުތަކުން ހަމަލާދިން އިމާރާތެކެވެ. އެ ވީޑިއޯގައި އިޒްރާއިލްގެ ސިފައިގެން މީހަކު އެއް ހަށިގަނޑެއްގައި ފައިން ތަޅަމުން ތަޅަމުންގޮސް ފުރާޅުން ވައްޓާލާ މަންޒަރު ފެނެއެވެ.  

މި ވީޑިއޯއާ ގުޅިގެން ފަލަޞްޠީނުގެ ޙާރިޖީ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިޒްރާއިލްގެ މި ޢަމަލުން ހާމަވެފައިވަނީ އެމީހުންގެ އަނިޔާވެރިކަމުގެ ހައްދެއް ނެތްކަމުގެ ހެއްކެވެ.

ފަލަޞްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުން މަރާލުމުގެ ކުރިން އިޒްރާއިލް އިން ވަނީ އެމީހުންގެ ގަޔަށް ބަޑިޖަހާފައެވެ. މަރުވެފައިވާ ތިން މީހެއްގެ ހަށިތައް ފުރާޅުމަތިން ވައްޓާލާ, އެހަށިތައް ވަނީ ބުލްޑޯޒަރުތަކުގައި އެސަރަޙައްދުން ދުރަށް ގެންގޮއްސައެވެ.

ބައިނަލް އަޤުވާނީ ޤާނޫނުތައްބުނާ ގޮތުން ހަނގުރާމައެއްގައި, އެއީ ދުޝްމަނުންގެ މީހަކު ކަމުގައިވިއަސް މަރުވި މީހާގެ ހަށިގަނޑާމެދު އަމަލުކުރަންވާނީ އިޙްތިރާމާ އެކުއެވެ.

އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ ހަމަލާތަކުގައި އިމާރާތުގެ މަތިން އެމީހުންނާ ދިމާލަށް ބަޑީގެ ހަމަލާދިން މީހުން އިޒްރާއިލްގެ ސިފައިން މަރާލުމަށްފަހު, ހަށިތަކާމެދު އަމަލުކޮށްފައިވަނީ އިހާނެތިކޮށްކަމަށް އެއްބަސްވެފައެވެ. އަދި އެގޮތަށް އަމަލުކުރި މައްސަލަ "ބަލަމުންދާ" ކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. 

"މިއީ ސީރިއަސް މައްސަލައެއް. އަދި މިއީ (އިޒްރާއިލްގެ އަސްކަރިއްޔާގެ) އުޞޫލުތަކާ ޙިލާފް އަމަލެއް" އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ފަލަޞްޠީނުގެ ޙައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އަލް-ޙައްގް ގުރޫޕުން ވަނީ އިޒްރާއިލް އިން އެމައްސަލަ ބަލާނެކަމާމެދު ޝައްކު އުފައްދާފައެވެ. އެ ގްރޫޕްގެ ޑިރެކްޓަރ, ޝަވަން ޖަބާރިން ބުނެފައިވަނީ މީގެ ކުރިންވެސް އިޒްރާއިލްގެ ސިފައިންގެ މިބާވަތުގެ މައްސަލަތައް ބަލާނެ ކަމަށް އަސްކަރިއްޔާއިން ބުނެފައި ވީނަމަވެސް ހަޤީގަތުގައި ތަޙްޤީގެއް ކޮށްފައި ނުވާކަމުގައެވެ. އެއީ ތަޙްޤީގު ނިންމާ އެއްވެސް ފިޔަވަޅެއް އެޅިކަމުގެ މަޢުލޫމާތު ނެތްކަމަށާއި ދަޢުވާކުރަންވެސް ފޮނުވާފައި ނުވާކަމަށް ޖަބާރިން ބުނެފައި ވެއެވެ.

އިޒްރާއިލްއަކީ މަރުވެފައިވާ ހަށިތަކަށް އިހާނެތިކޮށް ހިތާކަމުގެ އަނދިރި, އަދި އެހާމެ ދިގު ތާރީޚެއް އޮތް ބައެއްކަމަށާއި, އިޒްރާއިލްގެ މި ޢަމަލުތަކާމެދު ފަލަޞްޠީނުގެ އެއްވެސް ރައްޔިތަކު ހައިރާން ނުވިނަމަވެސް އެއީ އެއްވެސް އިރެއްގައި ބަލަން ކުޅަދާނަ މަންޒަރު ތަކެއް ނޫން ކަމަށްވެސް ފަލަޞްޠީނުގެ ރާމަالله ގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރު ލެއިލާ ވަރަޙް މެދުވެރިކޮށް ޖަބާރިން ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow