ގިނަ ލުއިތަކަކާއެކު އުތުރުގައި ފަތުރުވެރިކަން ތަރައްޤީކުރަން އަމާޒު ހިފައި, ޖުމްލަ 31 މަޝްރޫއެއް ހުޅުވާލައިފި
ފަތުރުވެރިކަމުގެ 31 މަޝްރޫއަކަށް އިންވެސްޓްކުރަބް ވަނީ ނިންމަވާފަ. ފޮޓޯ- ޙަފްޞީ

ގިނަ ލުއިތަކަކާއެކު އުތުރުގައި ފަތުރުވެރިކަން ތަރައްޤީކުރަން އަމާޒު ހިފައި, ޖުމްލަ 31 މަޝްރޫއެއް ހުޅުވާލައިފި

6 hours ago - 22:02
Jun 29, 2025 - 22:14
Advertisement
Advertisement

ފަތުރުވެރިކަން މަދު ,އަދި އެއްވެސް ވަރަކަށް ފަތުރުވެރިކަން ނެތް އުތުރުގެ ގިނަ ސަރަހައްދުތަކެއް ހިމަނައިގެން ޖުމްލަ 31 މަޝްރޫއުއަކަށް އިންވެސްޓްކޮށް, އެސަރަހައްދުތަކުގައި ފަތުރުވެރިކަން ފައްކާކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން ފަތުރުވެރިކަމާ ބޭހޭ ވުޒާރާއިން އަލަށް ހުޅުވާލި ސަރަހައްދުތަކުގައި އިންވެސްޓަރުންނަށް ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް ބޮޑެތި ލުއިތަކެއްވެސް ވަނީ ދީފައެވެ.

ހުޅުވާލި ރަށްތަކުގެ ލީސް އިކުއިޒިޝަން ކޮސްޓް ކުޑަކޮށްފައިވާއިރު, ލީސް އިކުއިޒިޝަން ކޮސްޓް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް  މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ބީލަމަށް ހުޅުވާލި ހއ, ހދ, ށ, ތ, ލ އަދި އައްޑޫސިޓީގެ ގިނަ ސަރަހަައްދުތަަަކަކީ 200 ހެކްޓަރުގެ ބޮޑެތި ފަރުތެކެވެ. އޯޕަން ބިޑިން އާއި ކްރޮސް ސަބްސިޑީގެ ދަށުން ލިބިދޭ ލުއިތަކުގެ ތެރޭގައި ހެކްޓަރަކަށް ނަގާ ރޭޓް ކުޑަކުރުމާއި, ކްލޯޒް ބިޑިންގެ ދަށުން  ދޫކުރާ ފަޅުތަކުން ލޮކޭޝަން ޕްރިމިއަމްވެސް އުނިވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ކްލޯޒް ބިޑިންގެ ދަށުން ޕްރިމިއަމް އުނިވާނީ  ހއ, ހދ, ށ, ތ އަދި އައްޑޫ ސިޓީގެ ފަޅުތަކުގެ ލޮކޭޝަންތަކުންނެވެ.  އަދި ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރިމިއަމް 150,000 އެމެރިކާ ޑޮލަރުން 100,000 އެމެރިކާ ޑޮލަރަށް ކުޑަކުރަންވެސް ވަނީ ހިމަނާފައެވެ

Advertisement
Advertisement

ކޮރޮސް ސަބްސިޑީގެ ދަށުން ދިން ލުއިތަކަކީ ހުޅުވާލި ހުރިހާ އަތޮޅެއްގެ 40-20 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމް އުނިކުރުމާއި, 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމް 2,000,000 އެމެރިކާ ޑޮލަރުން 1,000,000 އެމެރިކާ ޑޮލަރަށް ކުޑަކުރުމެވެ.

އޯޕަން ބިޑިންގެ ދަށުން ހުޅުވާލަަނީ ހއ. ހދ އަދި ށ ހިމެނޭހެން އުތުރުގެ 11 ޕްރޮޖެކެޓްތަކާއި, ތ. އަތޮޅުން 2 ޕްރޮޖެކްޓް އަދި ލ, އަތޮޅުން 1 ޕްރޮޖެކްޓެވެ. ކްލޯޒް ބިޑިންގެ ދަށުން ހދ. އަތޮޅުގެ 5 ޕްރޮޖެކްޓެއް ހުޅުވާލާފައިވާއިރު ހއ. އަދި ލ. އަތޮޅުންކުރެ ކޮންމެ އަތޮޅަކަށް 2 ޕްރޮޖެކްޓް އަދި ތ.އަތޮޅުން 3 ޕްރޮޖެކްޓެއް ވަނީ ހުޅުވާލާފައެވެ. އަދި މި ޕްރޮޖެކްޓްތަކުގެ ތެރެއިން ކޮންމެ ރަށެއްގައިވެސް ހިންގާ 1 ޕްރޮޖެކްޓް ހާއްސަވާނީ ހަލާލު ޓުއަރިޒަމަށެވެ.

ފަތުރުވެރިކަން އަލަށް ފަށަން ހަމަޖެހިފައިވާ ސަރަހައްދުތަކަށް ދީފައިވާ އިތުރު ލުއިތަކުގެ ތެރޭގައި ކުއްޔަށް ދޫކުރާ ތަންތަނަށްދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުމުގެ ކުރިން ތަން ތަރައްޤީކޮށް ހުޅުވައިފިނަމަ އެދުވަހުން ފެށިގެން ގްރޭސް ޕިރިއަދްގެ ބާކީ އޮތް މުއްދަތަަށް އަރާ ބިމުކުލި ފަސްކޮށްދިނުމަށްވެސް މިއަދު ކުރި އިއުލާނުގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން ރިސޯޓް ތަރައްޤީކުރަން ދޫކުރާ ތަންތަނުގެ ޑިއުޓީ މާފުކުރެވޭ އިންސައްތަ 15 އިންސައްތަ ބޮޑުކޮށް, ޑިއުޓީ މާފުކުރެވޭ ކެޓަގަރީތައްވެސް ވަނީ އިތުރުކޮށްފައެވެ. އޭގެތެރެއަށް އިތުރުކޮށްފައިވަނީ ފަރުނީޗަރާއި, ކިޗަން އެޕްލަޔަންސަސްގެ އިތުރުން އިލެކްޓްރޯނިކްސް އަދި އެމިނިޓީސްއެވެ.

ސަރުކާރުން ޤަބޫލުކުރާގޮތުގައި ބޮޑެތި ލުއިތަކަކާއެކު މި މަޝްރޫއުަތައް ހުޅުވާލީ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި އިންވެސްްޓްކުރުމަށް ފަހި މާހައުލެއް ޤާއިމްކޮށް ފަތުރުވެރިކަން ކުޑަ, އަދި އެއްވެސް ވަރަކަށް ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް ފަތުރުވެރިން ފުޅާކުރުމުގެ ގޮތުންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement