ފަތުރުވެރިކަން މަދު އަތޮޅުތަކަށް އިސްކަންދީގެން 5 އަތޮޅެއްގެ 6 ސަރަހައްދެއް ހަލާލް ޓުއަރިޒަމަށް ހުޅުވާލައިފި

ފަތުރުވެރިކަން މަދު އަތޮޅުތަކަށް އިސްކަންދީގެން 5 އަތޮޅެއްގެ 6 ސަރަހައްދެއް ހަލާލް ޓުއަރިޒަމަށް ހުޅުވާލައިފި

7 hours ago - 21:11
Jun 29, 2025 - 21:14
Advertisement
Advertisement

ފަތުރުވެރިކަން ކުރިއަރާފައި ނެތް ސަރަހައްދުތަކަށް އިސްކަންދީގެން 5 އަތޮޅުގެ 6 ރަށެއްގައި ހަލާލް ޓުއަރިމް މޮޑެލްއަށް ރިސޯޓް ތަރައްޤީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަތަކުން ބިޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. 

ފަތުރުވެރިކަމާ ގުޅޭ ވުޒާރާއިން މިއަދު ކުރި އިއުލާނުގައި ހަލާލު ޓުއަރިޒަމަށް ހުޅުވާލީ ހއ. އަތޮޅުގެ ދެ ޕްރޮޖެކްޓަކާއި, ހ.ދ, ށ. ތ އަދި ލ. އަތޮޅުން ކުރެ ކޮންމެ އަތޮޅަކުންވެސް އެއް ޕްރޮޖެކްޓެވެ. އެރަށްތަކަކީ;

  • ހއ. ބީނާ ފުށި, ހއ. ކަނޑާލިފިނޮޅު  - އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 392,000 ޑޮލަރު (6 މިލިއަން ރުފިޔާ)
  • ހދ. މަކުނުދޫ ފަރު - އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ)
  • ށ. ފުށިފަރު - އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 234,000 ޑޮލަރު (3.6 މިލިއަން ރުފިޔާ)
  • ތ. މާގުޅި - އިކުއިޒިޝަން ކޮސްޓްގެ ގޮތުގަައި 189,000 ޑޮލަރު (2.9 މިލިއަން ރުފިޔާ)
  • ލ. ފޮނާގާދޫ - އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 588,000 ޑޮލަރު (9.1 މިލިއަން ރުފިޔާ

މިގޮތުން ހަލާލް ޓުއަރިޒަމަށް ހުޅިވާލި ސަރަހައްދުތަކުން މަކުނުދޫފަޅަކީ 200 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެންމެ ކުޑަ އިކުއިޒިޝަން ކޮސްޓެއް ކަނޑައަޅާފައިވާ ތ. މާގުޅީގެ ބޮޑުމިނަކީ 3.5 ހެކްޓަރެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާގޮތުން ހަލާލް ޓުއަރިޒަމް މޮޑެލަށް ތަރައްޤީކުރަން ހުޅުވާލި ތަންތަނަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަށް އަންނަ މަހު 15 އިން ފެށިގެން ކުރިއަށް އޮތް އޯގަސްޓްމަހުގެ 4 އާ ހަމައަށް އެފުުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ބީލަން ހުށަލެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ.

Advertisement
Advertisement

މީގެ އިތުރުން އައްޑޫސިޓީގެ ހަންކެޑެވެސް ހަލާލު ޓުއަރިޒަމް މޮޑެލަށް ތަރައްޤީކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑއަޅުއްވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ ނަމަވެސް އިދާރީގޮތުން ނިންމަންޖެހޭ ކަންކަން ނިމިފައި ނުވާތީވެ މިފަހަރުގެ އިއުލާންގައި ހަންކެޑެ ހިމަނާފައެއް ނުވެއެވެ. 

ހަލާލް ޓުއަރިމް މޮޑެލަށް ތަރައްޤީ ކުރާ ސްހަރއްދުތަކުގައި ރަލާއި އޫރުމަހުގެ މުއާމަލާތްތައް މަނާވާނެކަމަށް މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ. އަދި އިސްލާމީ އާދަކާދައިގެ އެންމެ މުހިއްމު ތަނެއްގެ ގޮތުގައި މިސްކިތްތައް އެތަންތާގައި ހުންނާނެ ކަމަށާއި, ފަތުރުވެރިންނަށް ޙާއްސަ މިސްކިތެއް ހުންނަންޖެހޭނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement