ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ފިލި ގައިދީއަކު ހޯދައި ހައްޔަރުކޮށްފި

ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ފިލި ގައިދީއަކު ހޯދައި ހައްޔަރުކޮށްފި

23 minutes ago - 23:39
Advertisement
Advertisement

ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ ވަގުތު ފިލި ގައިދީއަކު، ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން ކުރި މަސައްކަތުން ހޯދައި އަލުން ހައްޔަރުކޮށްފިއެވެ.


މި ހާދިސާގައި ފިލާފައިވަނީ ގ. ހިޔާރޯދީގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުސެއިން ޝަހްބާން ނަމަކަށް ކިޔާ މީހެކެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ އަވަސް ފަރުވާއަށެވެ. ނަމަވެސް، ހޮސްޕިޓަލުގައި އުޅެނިކޮށް އޭނާ ވަނީ ފިލާފައެވެ.


ފުލުހުން މިއަދު ހަވީރު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، ފިލައިގެން އުޅުނު ޝަހްބާން މިހާރު ހޯދައި ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އޭނާ ފެނުނު ތަނަކާއި އޭނާ ހޯދި ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ޝަހްބާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ގ. ހިޔާރޯދިގޭގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައެވެ.


ފަރުވާއަށް ހޮސްޕިޓަލަށް ގެންދާ ގައިދީން ފިލާ މައްސަލަތައް މި ދުވަސްވަރު ދަނީ ތަކުރާރުވަމުންނެވެ. އެގޮތުން މި މަހުގެ 8 ވަނަ ދުވަހުވެސް ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ފިލާފައިވެއެވެ. ނަމަވެސް، އޭނާވެސް ވަނީ ހަމަ އެ ދުވަހު ހޯދައި އަލުން ބަންދަށް ގެންގޮސްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement