ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމަށް އަދާކުރާ ޤައުމީ ޒިންމާއެއް- ރައީސް
ރައީސުލްޖުމްހޫރިއްޔާ ގަހެއް އިންދަވަނީ: ފޮޓޯ-ރައީސް އޮފީސް

ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމަށް އަދާކުރާ ޤައުމީ ޒިންމާއެއް- ރައީސް

2 months ago - 09:57
Jun 5, 2025 - 09:58
Advertisement
Advertisement

 

ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ޤައުމީ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނެތް ޗާލު މާޙައުލެއް އޮތުމުން ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހީންނަށް އާމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާ، ރަށްތަކުގެ ރީތިކަމަށް ކަން ފާހަގަކުރެއްވިއެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރު 'ބީޓް ޕްލާސްޓިކް ޕޮލިއުޝަން' ގެ މަގުސަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުމަށް އަލިއަޅުވާލައި، އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމެވެ.

Advertisement
Advertisement

ދިރިއުޅުމުގައި ޕްލާސްޓިކު އަދި ޕްލާސްޓިކުން އުފައްދާފައިވާ ތަކެތި ބޭނުންކުރުން ވަރަށް ބޮޑަށް އިތުރެވެ. ނަމަވެސް ޕްލާސްޓިކަކީ އޭގެ ޒާތުގައި ތިމާވެއްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، އިންސާނުންގެ ޞިއްޙަތަށް ނުހަނު ގެއްލުންދޭ އެއްޗެކެވެ. ދުނިޔޭގައި އަހަރަކު ހަތަރު ސަތޭކަ މިލިއަން ޓަނަށް ވުރެ ގިނަ ޕްލާސްޓިކުގެ ބާވަތްތައް އުފައްދައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 19-23 މިލިއަން ޓަނުގެ ޕްލާސްޓިކު ދުނިޔޭގެ ކަނޑުތަކާއި، ކޯރުތަކަށް އުކާލެވި، މީގެ ސަބަބުން އެ މާޙައުލުތައް، ތަޣައްޔަރު ކުރަމުންދާ ކަމުގައި، ކަމުގެ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement