ހުޅުމާލެއިން ސްކޫލަށްދިޔަ 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަނީ ހިޔާ ޓަވަރުން ސްކޫލަށްދާން ނިކުއިން ކުއްޖެއް

ހުޅުމާލެއިން ސްކޫލަށްދިޔަ 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

11 months ago - 11:05
May 6, 2025 - 11:32
Advertisement
Advertisement

ހުޅުމާލެއިން ސްކޫލަށްދިޔަ 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ގެއްލުނީ ހުޅުމާލެ ފޭސް 2 ން ސްކޫލަށް ދިޔަ އަންހެން ކުއްޖެއް ކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅިކަމަށް އެއިދާރާއިން ވިދާޅުވީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ އެކުއްޖާ ސްކޫލަށް ނުވަންނަ ކަމަށެވެ. އެކުއްޖާ ސްކޫލަށް ދިޔައީ ހިޔާޓަވަރު 8 ނެވެ. މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

އެކުއްޖާ ހޯދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement